ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އުތުރު ދާއިރާގެ ބައި އިލެކްޝަން ހިމެނޭހެން 10 ބައި އިލެކްޝަނެއް ޖުލައިމަހު ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ. ކުޅުދުއްފުށީ އުތުރު ދާއިރާގެ ކައުންސިލް ގޮނޑި ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި މުހައްމަދު ދާއޫދު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވުމުންނެވެ.
ޖުލައިމަހުގެ 20 ވަނަ ދުވަހު ބައްވާ މި ބައި އިލެކްޝަންތަކުގައި ކައުންސިލްތަކުގައި 8 ބައި އިލެކްޝަނަކާއި އަންހެން ކޮމެޓީތަކުގެ 2 ބައި އިލެކްޝަނެއް އޮންނާނެކަމަށް އީސީ މައުލޫމާތުދެ އެވެ.
މީގެ ތެރެއިން ބައެއް ބައި އިލެކްޝަންތަކަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ބައެއް ކައުންސިލްތަކުގައި ތިއްބެވި މެންބަރުން ހޮވިވަޑައިގެން ކައުންސިލްގެ ގޮނޑި ދޫކުރެއްވުމުން ހުސްވި ގޮނޑިތަކަށް އިންތިހާބުކުރަން ބާއްވާ ބައި އިލެކްޝަންތަކެކެވެ.
20 ގައި ބާއްވާ ކައުންސިލްތަކުގެ ބައި އިލެކްޝަންތައް:
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލަރުމާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރުމާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލް މެންބަރުމާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެންބަރުޅ. އަތޮޅު ކައުންސިލްގެ ރައީސްފ. ބިލެތްދޫ ކައުންސިލްގެ ރައީސްރ. ހުޅުދުއްފާރު ކައުންސިލް މެންބަރުރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު
ޖުލައިމަހު 20 ގައި އޮންނަ ބައި އިލެކްޝަންތަކުގައި ވާދަކުރަން ބޭނުންވާ މީހުންނަށް ކެންޑިޑެންސީ ފޯމު ހުށައެޅުމުގެ ފުރުސަތު އީސީ ވަނީ މިހާރު ހުޅުވާލާފައެވެ. އެގޮތުން މިދިޔަ މަހުގެ 30 އިން މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ބައި އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށް ދާނީ 20 ވަނަ ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 ޖެހުމާ ހަމައަށެވެ. އަދި ރަސްމީ ނަތީޖާ އިއުލާނުކުރަން ހަމަޖެހިފައިވަނީ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ. މި ބައި އިލެކްޝަންތަކުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކުރާނީ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ ކައުންސިލް ބައި އިލެކްޝަނަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ