ކުޅުދުއްފުށީ ކަރަންޓު މައްސަލަ ހައްލުކުރަން ސްޓެލްކޯގެ އިންޖިނޭރުން ފޮނުވައިފި

އުތުރު ސިޓީއަށް ދިމާވި އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު އެ ރަށުގެ ކަރަންޓަށް މައްސަލަތައް ދިމާވަމުން އަންނަތާ ދުވަސްގަނޑެއް ވަނީވެފަ އެވެ.
އުތުރުގެ ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރަން ފެނަކައިގެ އެދުމަށް ސްޓެލްކޯގެ ތަޖުރިބާކާރު އިންޖިނޭރުންގެ ޓީމެއް ކުޅުދުއްފުށި ސިޓީއަށް ފޮނުވައިފި އެވެ.
ސަރުކާރުގެ ކަރަންޓް ދޭ މައި ކުންފުނި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރަން ފެނަކައިން އެހީތެރި ކަމަށް އެދިފައިވާ ކަމަށެވެ."މިކުންފުނީގެ ގިނަ ދުވަސްވީ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް ދަނީ ކުޅުދުއްފުށި ސިޓީއަށް ދަތުރު ކުރަމުން." ފަހުމީ ވިދާޅުވި އެވެ. "މާތްﷲ ގެ ވާގިފުޅާއެކު، އަޅުގަނޑުމެންގެ ޓީމާއި ފެނަކައިގެ މުވައްޒަފުން ގުޅިގެން އެ މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ކަަރަންޓުގެ ޚިދުމަތް ޔަގީންކޮށްދެވިގެންދާނެ،" ކުޅުދުއްފުށި ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައި މިއަދު 9:15 ގައި މުޅި ރަށުންވަނީ ކަރަންޓު ކެނޑިފަ އެވެ. އުތުރު ސިޓީއަށް ދިމާވި އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު އެ ރަށުގެ ކަރަންޓަށް މައްސަލަތައް ދިމާވަމުން އަންނަތާ ދުވަސްގަނޑެއް ވަނީވެފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ