މިނިސްޓަރު މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިވަގުތަށް ކުރަމުންދާ މަސައްކަތާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އާ ޖަނަރޭޓަރާއެކު އަންނަ މަހުގެ ތެރޭގައި ހައްލު ލިބޭނެއެވެ.
މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީގައި މިހާރު އަވަސް އަވަހަށް ކަރަންޓު ދަނީ މިދިޔަ ފަސް އަހަރުގައި އިންޖީނުގެ ރަގަޅަށް ނުބެލެހެއްޓުމުން ކަމަށެވެ.
އެގޮތުން އެސިޓީއަށް 12 މެގަވޯޓުގެ ކަރަންޓު ބޭނުންވާކަމަށާއި، އެ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ބަހައްޓާފައި ހުރި 20 ޖަނެރޭޓަރުގެ ކެޕޭސިޓީއަކީ 26.8 މެގަވޯޓުކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މީގެ ތެރެއިން 5 ޖަނަރޭޓަރު މިހާރު ހަލާކުވެފައިވާކަމަށެވެ. އެހެންކަމުން މިހާރު ބޭނުންކުރާ ޖަނަރޭޓަރުތަކުން އުފައްދަނީ 15 މެގަވޯޓުގެ ކަރަންޓުކަމަށެވެ.
Advertisement
މިއާއެކު ޠާރިގު ވިދާޅުވީ، ސަރުކާރުން މިހާރު ވަނީ އައްޑޫއަށް 1.5 މެގަވޯޓްގެ ޖަނަރޭޓަރެއް ގަނެފައި ކަމަށާ، އެ ޖަނަރޭޓަރު އޮގަސްޓު މަހުގެ ތެރޭގައި ބަހައްޓާ ކަރަންޓު ދޭން ފެށޭނެ ކަމަށެވެ.
އަދި އިތުރު 3 ޖަނަރޭޓަރަށް ބޭނުންވާ ސްޕެއާ ޕާޓްސް ހޯދައި މި 3 ޖަނަރޭޓަރު ވެސް އޮގަސްޓް މަހުގެ ކުރިން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށާއި ހަލާކުވެފައިވާ 2 މެގަ ވޯލްޓްގެ 2 ޖަނަރޭޓަރު އޯވާ ހޯލްކޮށް މިއަހަރުތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ އައްޑޫ ސެންޓްރަލް ޕަވާ ސްޓޭޝަންއަށް ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އެއްވެސް ކަހަލަ ކުރިއެރުމެއް ގެނެވިފައި ނުވާ ކަމަށާއި މި ސަރުކާރު އައިއިރު އެތަނުގެ މެއިންޓެނެންސް ކުރެވިފައި ނުވާ ކަމަށާއި އެތަނަށް ބޭނުންވާ އިތުރު ޖަނަރޭޓަރު ނުވަތަ ސްޕެއާ ޕާޓްސް ވެސް ހޯދިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ މަސައްކަތްތައް އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ތޯރިގް ވިދާޅުވިއެވެ.
އައްޑޫސިޓީގެ ކަރަންޓު މައްސަލަ އަންނަ މަހު ހައްލުވާނެ: ވަޒީރު ޠާރިގު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ