ތިނަދޫ އުތުރު އެދޭ ބަދަލު: "ބޭނުމީ އަހަރެމެންގެ މީހާ"!

ތިނަދޫ އުތުރު އޮތީ ބަދަލަކަށް ބޭނުންވެފައެވެ. އެމީހުންގެ މައްސަލަތައް ހައްލު ކޮށްދޭނެ ޚިދުމަތް ތެރިއަކަށް އެދޭތާ ޒަމާންތަކެއް ވެއްޖެއެވެ. ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުން އެދެނީ ފުނި ޖެހިފައިވާ މައްސަލަތަކަށް ހައްލު ގެނެސްދޭނެ ޚިދުމަތްތެރިއަކަށެވެ. ކުޅިވަރުން ގެނުވި ފޯރި އަނބުރާ ގެނެސްދޭނެ ހިންގުންތެރިއަކަށެވެ. އެ ދާއިރާގެ ރައްޔިތުންގެ ހިތުގައި ޝައްކު ނުހިނގާ ކަމެއް އެެބަ އޮތެވެ. އެކަން ކުރެވޭނެ މީހަކީ އަބުޅޯކަން މާޒީއަށް ބެލުމުން ރައްޔިތުންނަށް ޔަޤީންވެ ކަށަވަރުވެއެވެ.
ރޫޙު ދިރުވަން - ކެމްޕެއިންގައި އަބުޅޯ ދޮރުން ދޮރަށް ހިންގަވަނީ
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 21 ވަނަ ދުވަހުއެވެ. ތިނަދޫ އުތުރު ދާއިރާއަށް ވާދަ ކުރައްވާ ޢަބްދުﷲ އަޙުމަދު (އަބުޅޯ)ގެ ކެމްޕެއިން ހަރަކާތްތައް ވަރުގަދަކޮށްފައިވާއިރު، ދާއިރާއިން އަބުޅޯ ބަލައިގަނެފައިވަނީ ލޯތްބާއި އިޙްތިރާމާއެކުއެވެ.
ރޫޙު ދިރުވަން - ކެމްޕެއިންގައި އަބުޅޯ ދޮރުން ދޮރަށް ހިންގަވަނީ
ތިނަދޫގެ ނެތެމުންދާ ރޫހު ދިރުވޭނެ ހަމައެކަނި ކެންޑިޑޭޓަކީ ޢަބްދުﷲ އަހުމަދު (އަބުޅޯ) ކަމަށް ބުނެ، ގިނަ އަދަދެއްގެ ޒުވާނުންނާއި އިސްރަށްވެހިން އަންނަނީ އަބުޅޯއަށް ތާޢީދު ކުރަމުންނެވެ.
ތިނަދޫއަކީ ކުޅިވަރުގެ ރޮނގުން އެތައް ކާމިޔާބީ ތަކެއް ހޯދާފައިވާ ފަޚުރުވެރި ސިޓީއަކަށްވާއިރު، އަލުން އަނބުރާ އެ ރޫޙު ރަށުގައި އާލާކުރުމަށް ރައްޔިތުން އެދެއެވެ.
އަބުޅޯ އަކީ ރައްޔިތުންގެ މަޖިލީހުގައި އުޅުއްވި ދުވަސްވަރުވެސް ސިޔާސީ ގޮތުން ވަރަށް ނުފޫޒުގަދަ، އަދި މުޙިއްމު ޤައުމީ ނިންމުންތަކުގައި ބަހުސްކޮށް ވަކާލާތު ކުރެއްވި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ.
އެގޮތުން ދިވެހިރާއްޖެއަށް 2018 ވަނަ އަހަރު އައި ބޮޑު ބަދަލު ގެނައުމުގައިވެސް އިސް ރޯލެއް އަބުޅޯ އަދާކުރެއްވިއެވެ. އެގޮތުން އޭރު ރައްޔިތުންގެ މަޖިލީހުގައި އޮތް ޕީޕީއެމްގެސުޕަރ މެޖޯރިޓީގެއްލުވާލި 12 މެމްބަރުންގެ ތެރޭގައިވެސް ހިމެނިވަޑައިގެން އޭރުގެ އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގަތެވެ.
ރޫޙު ދިރުވަން - ކެމްޕެއިންގައި އަބުޅޯ ދޮރުން ދޮރަށް ހިންގަވަނީ
ހަމައެއާއެކު، އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މަގުމަތީގެ ހަރަކާތްތަކުގަ މަގު މައްޗަށް ނިކުމެވަޑައިގެން ހިންގެވި ހަރަކާތްތަކުގައި އެތައް ފަހަރަކު ހައްޔަރަށް ގެންދެވުނެވެ. އަދި ހަމަ މި ދެންނެވި ދުވަސްވަރުގައި، ހައްޔަރުކޮށް ނުހައްޤު ޙުކުމެއް ކޮށްފާނެ ކަމުގެ ބިރު ހީވެ، އަމިއްލަފުޅަށް ރާއްޖެއިން ބޭރަށް އަރުވާލެވި ގިނަ ދުވަސްތަކެއް ހޭދަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ