އަބްދުﷲ މައުމޫނަށް ރިޝްވަތުގެ ހަތް ދައުވާއެއް އުފުލައި ރާއްޖެ ގެންނަން އިންޓަޕޯލްގައި އެދެނީ

މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ރިޝްވަތުގެ މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، އަބްދުﷲ މައުމޫންއަށާއި، އަބްދުﷲ މައުމޫންގެ އާއިލީ ބައެއް ފަރާތްތަކަށް އަދި އޭނާ އާއި ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓަނޭޝަނަލްއިން ފައިސާ ފޮނުވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށެވެ.
މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓުން އުފުލާފައިވަނީ، ރިޝްވަތު ހިފުމުގެ ކުށުގެ 7 ދައުވާއެކެވެ. ކޮންމެ ދައުވާއަކަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ކަމަށްވާއިރު މި ހަތް ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 22 އަހަރު ދުވަހުގެ ޖަލުު ހުކުމެއް އަންނާނެއެވެ.
މައުމޫންގެ މައްޗަށް ކުރަމުން އަންނަ 7 ދައުވާ އަކީ:
ބޮޑު އަދަދަކުން ރިޝްވަތު ނެގުމުގެ މައްސަލައެއްގައި، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަބްދުﷲ މައުމޫން (ގޭސް މާނު)ގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އޭސީސީއިން ފޮނުވާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ.
މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މައުމޫން ހުންނެވި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި މައުމޫން އެ ކުންފުނިން 3.1 މިލިއަން ރުފިޔާ ނަގާފައިވާކަން، އޭސީސީގެ ތަހުގީގަށްވެސް ވަނީ ހޯދިފައެވެ. މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ 3,106,189 ރުފިޔާ އަނބުރާ ހޯދުމަށް
މީގެ އިތުރުންވެސް އަބްދުﷲ މައުމޫންއަކީ މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ މީހެއްކަމަށް އެންޓި ކޮރަފްޝަން ކޮމިޝަނުން މި އޮފީހަށް މައުލޫމާތުދީފައިވާތީ ދައުވާލިބޭ މީހާ ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މި މައްސަލައިގެ އަޑުއެހުމެއް ވީ އެންމެ އަވަސް ތާރީހަކަށް ތާވަލުކޮށްދިނުމަށް ޕީޖީން ކޯޓުގައި އެދިފައި ވެއެވެ. އަދި މައުމޫން ކޯޓަށް ހާޒިރުވުމަށް ދެކޮޅު ހަދާނަމަ އޭނާ ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް ނެރުމަށްވެސް ކޯޓުގައި އެދިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ