އަލަށް ޢިމާރާތްކުރާ 3 މިސްކިތުގެ ޑިޒައިން ޢާންމުކޮށްފި، ވަރަށް ހިތްގައިމު

އަލަށް އިމާރާތްކުރާ ތިން މިސްކިތުގެ ޑިޒައިންތައް ނިންމާ ޢާންމުކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ އަލަށް އިމާރާތްކުރާ އެ ތިން މިސްކިތް ފަރުމާކޮށްފައިވަނީ މަޝްރޫޢުގެ ބައެއްގެ ގޮތުގައި ހަކަތަ އުފެއްދުމަށް ބޭނުންވާ ސޯލާ ހަރުކުރެވޭ ގޮތައް ކަމަށެވެ. އަދި މިސްކިތްތަށް އިމާރާތްކޮށް ނިމޭ އިރު ހުންނާނީ އޭސީވެސް ހަރުކޮށްފައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އެ މިސްކިތްތައް ޑިޒަންކޮށް ބީއޯކިއު ހަދާފައިވަނީ، ރިޔަން ޕްރައިވެޓް ލިމިޓެޑުންނެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ އާ ތިން މިސްކިތް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ރ. އަލިފުއްޓާއި، އައްޑޫ ސިޓީގެ އިތުރުން ހުޅުމާލެ ފޭސް 2ގައިކަަމަށެވެ. އެއީ 300 މީހުންގެ ޖާގައިގެ މިސްކިތަކާއި 500 މީހުންގެ ޖާގައިގެ މިސްކިތަކާއި 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
އެ މިސްކިތްތައް ބިނާކުރުމުގެ ޢަމަލީ މަސައްކަތް އަންނަ ޖޫން މަހު ފަށްޓަވާނެކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އެ މިސްކިތްތަކަކީ އަމިއްލަ ފަރާތްތަކަކުން ޚަރަދުކޮށްގެން ބިނާކުރާ މިސްކިތްތަކެކެވެ.
އެ މިސްކިތްތަކުގެ ތެރެއިން ހުޅުދޫގައި ބިނާކުރާ މިސްކިތް ހަވާލުކުރައްވާފައިވަނީ މުޙައްމަދު ސާލިޙްއާއެވެ. ހުޅުދޫ، މޫންލައިޓް ގޯތީގައި ބިނާކުރާ، 200 މީހުންގެ ޖާގައިގެ އެ މިސްކިތުގެ މަސައްކަތް 720 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.
އަލިފުށީގައި ބިނާ ކުރާ މިސްކިތް ބިނާ ކުރުމުގެ ހުރިހާ ޚަރަދެއް ކުރާގޮތަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހަވާލުކުރައްވާފައިވަނީ ވަނީ އަބްދުއްރަޙުމާން މޫސާއާއެވެ. އެއީ 570 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތް ނިންމުމަށް އެއްބަސްވެފައިވަނީ 732 ދުވަހުގެ ތެރޭގައެވެ.
އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތް ބިނާ ކުރުމަށް ހަވާލުކޮށްފައިވަނީ މުޙައްމަދު ޔޫސުފްއާއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ ލޮޓް ނަންބަރު 22115 (އެން5-53) ގައި ބިނާ ކުރާ އެ މިސްކިތުގެ ހުރިހާ ޚަރަދެއް ކުރާނީ މުޙައްމަދު ޔޫސުފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ