ސްރީލަންކާއަށް އެރި ތޫފާނުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ވިލާއިން އެއްލައްކަ ޑޮލަރު މިއަދު އެޤައުމަށް ހަދިޔާކޮށްފިއެވެ.
ވިލާގެ ފަރާތުން ސްރީލަންކާއަށް މި އެހީ ހަވާލުކޮށްދެއްވީ ވިލާ ރިސޯޓްސްގެ ސީއީއޯ ސިޔާދް ގާސިމް އެވެ. ސްރީލަންކާގެ ފަރާތުން ވިލާގެ އެހީއާ ހަވާލުވެވަޑައިގަތީ ރާއްޖޭގައި ހުންނަވާ އެޤައުމުގެ ސަފީރު މުހައްމަދު ރިޒްވީ އެވެ.
ލަންކާއަށް ކުރިމަތިވި މި ހާދިސާގައި އެހީވުމަށް ސަރުކާރުގެ މުއައްސަސާތަކާއި، ރައްޔިތުންނާއި ކުންފުނިތަކުން ދަނީ އެކި އަދަދުތަކުން އެހީތައް ހަދިޔާކުރަމުންނެވެ.
ސްރީލަންކާއަށް އެރު ތޫފާނާއި މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި އެޤައުމުގެ އެކި އަވަށްތަކަށް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ. އެގޮތުން އެންމެބޮޑު ގެއްލުމެއް ލިބިފައިވަނީ ވާރޭވެހުމުގެ ސަބަބުން ކޯރުތައް ބަންޑުންވެ ކުރިމަތިވި އެކި ހާދިސާތަކުގައެވެ. އެގޮތުން ބިންގަނޑު ކަނޑައިގެންގޮސް އަވަށްތަކުގައި ދިރި ނޫޅެވޭވަރަށް ފެންގަނޑު ބޮޑުވެގެންދިޔައިރު، ބައެއް އަވަށްތަކުގެ ގިނަ ގޭގޭ ވަނީ ބިމާހަމަވެފައެވެ.
ބިންގަނޑު ކަނޑައިގެންގޮސް ކިސަޑުތަކުގައި ބައެއް މީހުން ވަޅުލެވުން ފަދަ ހާދިސާތައް ހިނގާދިޔައިރު، މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 355 ކަށް މައްޗަށްގޮސްފައެވެ. މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން މެދުނުކެނޑު ދަނީ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރަމުންނެވެ.
ސްރީލަންކާއަށް އެހީވުމަށް ވިލާއިން އެއްލައްކަ ޑޮލަރު ހަދިޔާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ