ރާއްޖޭގައި މީޑިއާތައް ރެގިޔުލޭޓު ކުރުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލާ ދެކޮޅަށް ރާއްޖޭގައި އަޑު އުފުލަމުން އަންނަ މީހުންނާ އެކު ތިބިކަން ހާމަކޮށް ސްރީ ލަންކާ ގައި ދިރިއުޅޭ ދިވެހިން މިއަދު އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީ ކުރިމަތީ އަޑު އުފުލަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ލަންކާގެ ނޫސްވެރިން ވެސް ވަނީ ދިވެހި ނޫސްވެރިންނާ އެކު ތިބިކަން ހާމަކޮށް އެމްބަސީ ކުރިމަތީ މިއަދު އަޑު އުފުލާނެ ކަމަށް އިއުލާނު ކޮށްފަ އެވެ.
ތަފްސީލް - މީޑިއާތައް ކޮންޓްރޯލު ކުރާ ބިލާ ދެކޮޅަށް އިއްޔެ ދިވެހި ނޫސްވެރިންނާއި އާންމުން އަދި އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ މަޖިލިސް ކުރާ ގޭ ދޮށުގައި އަޑު އުފުލައިފަ އެވެ.
ފުލުހުން ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ވަކިވަކިން ފަހަރަކު މީހެއް ގެންގޮސް، އިހުތިޖާޖު މަޖީދިއްޔާ ސްކޫލާ ހަމައަށް ފަހަތަށް ޖައްސާފަ އެވެ.
ރޭ އިރާކޮޅާ ހަމައަށް ނޫސްވެރިން މާލޭގައި އަޑު އުފުލި އިރު، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް އޮތް ބިލާ ދެކޮޅަށް އިދިކޮޅުން އަދި ބައެއް އާންމުން ވެސް ވަނީ ނޫސްވެރިންނާއެކު ބައިވެރިވެފަ އެވެ.
ލަންކާގައި ދިރިއުޅޭ އާންމުން، އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީ ކުރިމަތީ އަޑު އުފުލަން ނިންމީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅުން އަޑުއުފުލަމުން އަންނާތީ އެ ފަރާތްތަކާ އެކު ދެމިތިބިކަން ހާމަކުރުމަށް ކަމަށް އެއްވުން އިންތިޒާމު ކުރާ ފަރާތްތަކުން ބުންޏެވެ.
މި ސުލްހަވެރި އެއްވުން މިއަދު ލަންކާ ގަޑިން 3 ޖަހާއިރު ފަށަން ނިންމާފައިވާއިރު، އެއްވުން ނިންމާލާނީ ހަވީރު 5 ޖަހާކަށް ހާއިރު އެވެ.
ފާހަގަ ކުރެވޭ - މީގެ ކުރިން 2017 ވަނަ އަހަރު ވެސް ލަންކާގައި ދިރިއުޅޭ ދިވެހިން ވަނީ ރާއްޖޭގައި އޭރު އޮތް ވެރިކަމުގެ ބައެއް އަމަލުތަކާ ދެކޮޅަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ ކުރިމަތީ އިހުތިޖާޖު ކޮށްފަ އެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީ ކައިރީ އިހުތިޖާޖު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ