އުރީދޫގެ އޭއައި ޗެޓްބޮޓު މެދުވެރިކޮށް 'ކުއްޅަވައްފަލު ރަނިން' އާ ވާހަކަ ދައްކައިފިންތަ؟
އުރީދޫ މޯލްޑިވްސްއިން ތައާރަފުކުރި އޭއައި ކަލަންޑަރުގެ ޑިސެމްބަރު އެޑިޝަނަށް، ޚިޔާލީ ދިވެހި ވާހަކައިން މަޝްހޫރުވި ބަތަލާ, 'ކުއްޅަވައްފަލު ރަނިން' ގެ ޗެޓްބޮޓެއް ތައާރަފުކޮށްފިއެވެ. އުރީދޫއިން ބުނީ އެ ކުންފުނީގެ މި އަހަރުގެ ކަލަންޑަރު ބިނާ ކޮށްފައި ވަނީ ދިވެހި ފޯކްލޯ ވާހަކަތަކުގެ އެކި ޝަޚުސިއްޔަތުތަކުގެ މައްޗަށް ކަމަށެވެ. އަދި އޭއައި މެދުވެރިކޮށް މި ޝަހުސިއްޔަތުތަކާ ވާހަކަ ދެއްކޭނެ ގޮތް އުރީދޫއިން ފަހިކޮށްދީފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ކުއްޅަވައްފަލު ރަނިންނަކީ ކުއްޅަވައް ފަލެއްގައި އުޅެ ބޮޑުވި ރީތި އަންހެން ކުއްޖެކެވެ. ރަސްމީ ދަތުރުފުޅެއްގައި ދަތުރުުކުރެއްވި އޭރުގެ ރަސްގެފާނަށް މިކުއްޖާ ފެނި ކަމުގޮސްގެން، ކައިވެނިބައްލަވައިގެން އޭނާ ގަނޑުވަރަށް ގެންގޮސްފައިވެއެވެ. ގަނޑުވަރުގައި ދިރިއުޅެން ފަށައި، ދުވަސްތައް ވޭތުވަމުން ދިޔައިރު މި ކަމަނާއަށް އޭނާގެ އަސްލު، އަދި ފެށުން އޮޅުނެވެ. އަދި ކުއްޅަވައް އެއީ ކޮން އެއްޗެއްކަން ވެސް ހަނދާންނެތި ދިޔައެވެ. މިކަމާ ރަސްގެފާނު ނުރުހުންވެ، އެކަމަނާގެ ބޮޑާކަން ފެނި އަނބުރާ ކުއްޅަވައް ފަލަށް ފޮނުވާލިއެވެ. އެހާހިސާބުން އޭނާއަށް ކުއްޅަވައްފަލު ރަނިންގެ ލަގަބު ލިބުނެވެ. މި ވާހަކައިގެ އިތުރުން ވެސް، ޒަމާނުއްސުރެ ދިވެހިން އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ "ފޫޅުދިގު ހަންޑި" އާއި "ސަފަރު ކަތްދަ" ފަދަ 12 ކެރެކްޓާ، އުރީދޫގެ މި ކަލަންޑަރުގައި ހިމެނެއެވެ. މި ވާހަކަތަކަކީ ދިވެހިންގެ ސަގާފަތާއި ތަރިކައިގެ މުހިންމު ބަޔެކެވެ. މި ޕީއާރް ސްކީމްގެ ދަށުން ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އާ ކެރެކްޓާއެއް އުރީދޫއިން ދަނީ ތައާރަފުކުރަމުންނެވެ. https://sun.mv/214027 އެހެންކަމުން މިއީ ހަމައެކަނި މޭޒުމަތި ފަޅުފިލުވާލަދޭނެ ކަލަންޑަރެއް ނޫން ކަމަށް އުރީދޫއިން ބުންޏެވެ. އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު މި ކެރެކްޓާތަކާ ސީދާ ވާހަކަދައްކާލެވޭނެ ފުރުސަތު އުރީދޫ އިން ހުޅުވާލާފައިވެއެވެ. މިއިން ކޮންމެ ޝަހްސިއްޔަތަކާ ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ. އަދި އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އުރީދޫއިން ބުންޏެވެ. މިއީ ދިވެހި ތަރިކަ ހިމާޔަތްކޮށް، މާނަހުރި ގުޅުމެއް އުފައްދައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖީލުތަކުގެ މެދުގައި ގުޅުން ދަމަހައްޓާ ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބޮޅެކެވެ. އުރީދޫގެ އޭއައި ޗެޓްބޮޓް މެދުވެރިކޮށް ކުށްޅަވަށްފަލު ރަނިންއާ ވާހަކަ ދައްކާލުމަށް މި ލިންކު ބޭނުންކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ