އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ހިމެނޭހެން އެ ތަނުގެ އޮފިސަރުންތަކެއް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ފައިސާ ނެގިކަމަށް ބުނާ މައްސަލާގައި، އިމިގްރޭޝަނުން ސީސީޓީވީ ފުޓޭޖުތަކެއް ނަގަން އެންގެވުމަކީ މައްސަލައެއް ނޫން ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހިޔާނާތާއި ފޭރުން ފަދަ ސީރިއަސް ތުހުމަތުތަކެއްގައި ޝަމްއާން މަގާމުން ވަކިކޮށް ހައްޔަރުކުރަނީ މިނިސްޓަރު އިހުސާންގެ ނުފޫޒުން ކަމަށް ޝަމްއާންގެ އާއިލާއިން ތުހުމަތުކުރެ އެވެ.
ޝަމްއާނަށް ތުހުމަތުކުރެވުނު މައްސަލައިގައި އިމިގްރޭޝަންގެ ސީސީޓީވީ ފުޓޭޖުތަކެއް ފުލުހުންނާ ހަވާލުކުރުމަށް މިނިސްޓަރު އިހުސާން އެންގެވި ކަމަށް މިއަދު ކޯޓުގައި ހެކިބަސް ދެނީ، އެ ފުޓޭޖުތައް ފުލުހުންނާ ހަވާލުކުރި އިމިގްރޭޝަންގެ އޮފިސަރެވެ.
އެއީ ދައުލަތުން ހުށަހަޅައިގެން ހާޒިރުކުރި ހެކިވެރިއެކެވެ.
ބުނީ ކީކޭ؟ - އެކަމާ ގުޅޭ ހަބަރެއް ފޭސްބުކްގައި ހިއްސާކުރައްވައި، އިހުސާން ވަނީ ކަން ހިނގާދިޔަ ގޮތް އޮޅުންފިލުވައިދެއްވާފަ އެވެ.
އިހުސާން ވިދާޅުވި ގޮތުގައި ފުލުހުންނާއި އިމިގްރޭޝަނާ ހަވާލުވެ ހުންނެވި ވަޒީރެއްގެ ހައިސިއްޔަތުން އެއް އިދާރާއިން އަނެއް އިދާރާގެ ފަރާތުން އެދޭ ކަންކަން ލަސްވެގެން އޭނާއާ ހަމައަށް އެކަމެއް ގެންނަ ހިސާބުން އެކަން އަވަސްކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަކީ ޒިންމާއެއް ކަމަށެވެ.
އިހުސާން ވިދާޅުވީ އޭނާ ވަޒީރަކަށް ހުންނެވިހާ ދުވަހަކު ވަކި ކަމެއް އިސްތިސްނާނުކޮށް، ކުރިއަށް އޮތް ތަނުގައި ވެސް އެކަން އެގޮތަށް ކުރައްވާނެ ކަމަށެވެ.
"ވީޑިއޯ ފުޓޭޖަށް ފުލުހުން އެދުމުން އެ ފޯރުކޮށްދިނުން ލަސްވާ ނަމަ އެކަންކޮށްދިނުމަށް އެންގުމަކީ ގޯހެއް ކަމަށް ދޭހަވާ ގޮތަށް ވަކީލުގެ ވާހަކަ މި ހުންނަނީ،" އިހުސާން ވިދާޅުވި އެވެ.
"ސުވާލަކީ ފުލުހުން އެކަން ނުވެގެން އެހީތެރިކަމަށް އެދުމުން އެކަން ނުކޮށްދިން ނަމަ ވަކީލު ބުނާނީ ކީކޭތޯ؟"
އިހުސާން ވިދާޅުވީ ގޯސްކަމެއް ހިނގުމުން އެކަމެއް ގޯސްނުވެ، އެކަން ހިނގިތަން ފެންނަ ކެމެރާ އާއި އެ ފުޓޭޖު ދޭން ބުނި މީހާ ގޯސްވާ ގޮތަށް ވަކީލުން ވާހަކަ ދެއްކުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ތަފްސީލު - މިއަދު ބޭއްވި ޝަރީއަތަކަށް ހެކިބަސް ދެމުން ހެކިވެރިޔާ ބުނި ގޮތުގައި، ސީސީޓީވީ ފުޓޭޖުތަކެއް ފުލުހުންނާ ހަވާލުކުރުމަށް އިރުޝާދު ލިބުނު ގޮތަކީ:
އޮފިސަރަށް އިރުޝާދު ދެނީ އޭނާ މަސައްކަތްކުރާ އައިސީޓީ ސެކްޝަންގެ ހެޑް
އައިސީޓީ ސެކްޝަންގެ ހެޑް އެ އޮފިސަރަށް ގުޅާފައި ބުނަނީ، މިނިސްޓަރު އިހުސާން ހެޑަށް ގުޅުއްވާފައި އެ ފުޓޭޖުތައް ފުލުހުންގެ ތަހުގީގަށް ހަވާލުކުރުމަށް އެދިވަޑައިގަތް ކަމަށް
ސެކްޝަންގެ ހެޑު ބުނީ، މިނިސްޓަރު އިހުސާންގެ އެންގެވުމަކަށް އަދި ފުލުހުންގެ އެންގުމަަކަށް ކަމަށް
ލަސްވެގެން ފުޓޭޖެއް ނަގަން އެންގުމަކީ މައްސަލައެއް ނޫން: އިހުސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ