އަރުޖުން އާއި ލޯބިވެރިޔާ ގެބްރިއެލާ އެންގޭޖްވެފައިވާކަން އިއުލާނުކޮށްފި
ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގިނަ ދުވަސްވެފައިވާ ބޮލީވުޑްގެ އެކްޓަރު އަރުޖުން ރާމްޕާލް އާއި ސައުތު އެފްރިކާއަށް ނިސްބަތްވާ މޮޑެލް ގެބްރިއެލާ ޑެމެޓްރިއޭޑްސް އެންގޭޖްވެފައިވާ ކަމަށް ބުނެފިއެވެ. ދެ މީހުން އެންގޭޖްވެފައިވާކަން އިއުލާނުކޮށްފައި ވަނީ ކުރީގެ ބަތަލާ ރިއާ ޗަކްރަބަތީ ގެނެސްދެމުން އަންނަ ޕޮޑްކާސްޓް ޝޯގައެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ހަތް އަހަރުވެފައިވާއިރު އަރުޖުން އާއި ގެބްރިއާލް ދިރިއުޅެމުން އަންނަނީ ވެސް އެކީގައެވެ. އަދި އެ ދެ މީހުންނަށް ދެ ފިރިހެން ކުދިންވެސް ލިބިފައިވާއިރު ހަގު ދަރިފުޅަށް އަދި އެންމެ ދެ އަހަރެވެ. އަރުޖުން އާއި ގެބްރިއެލާ އެންގޭޖްވެފައިވާކަން އިއުލާނުކުރީ ދެ މީހުންގެ ގުޅުން ކައިވެންޏަށް ބަދަލުކުރުމާ ގުޅޭގޮތުން ދެކެވުނު ވާހަކައިގެތެރޭގައެވެ. އަރުޖުން ބުނެފައި ވަނީ ކައިވެންޏަކީ އެ މީހުން އެއްގޮތަކަށްވެސް ދެކޮޅުވެރި ގުޅުމެއް ނޫން ކަމަށާއި ނަމަވެސް ދެ މީހަކު އެކީގައި ޒަވާޖީ ހަޔާތެއް ފަށްޓަން ބޭނުންވާކަމުގެ ހެއްކެއްގެ ގޮތުގައި ގާނޫނީ ގޮތުން ދެވޭ ލިޔުމެއްގައި ސޮއިކުރުން މުހިއްމު ކަމަށް ނުދެކޭ ކަމަށެވެ. އަރުޖުން އަދި ގެބްރިއެލާ ދެ މީހުންގެ ކުދިންނާ އެކު--ފޮޓޯ/ފިލްމުފެއަ ނަމަވެސް އޭގެ މާނަ އަކީ ގެބްރިއެލާއާ ދެ މީހުންގެ މެދުގައި އޮތް ލޯބީގެ ގުޅުމަށް ކައިވެނީގެ ނަން ނުދިނުން ކަމަށާއި ކައިވެނި ނުކުރިޔަސް އެ ދެ މީހުން މިހާރު އެންގޭޖްވެފައިވާ ކަމަށް އަރުޖުން ވަނީ ބުނެފައެވެ. ފެޝަން ޑިޒައިނިންގް ދާއިރާގައި މިހާރު ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުން އަންނަ ގެބްރިއެލާ ބުނީ އަރުޖުން އޭނާގެ ހަޔާތަށް ގެނައުމަށްފަހު މަންމައަކަށް ވުމުގެ އުފާ ލިބިގަތުމީ މިހާތަނަށް އޭނާއަށް ލިބުނު އެންމެ ބޮޑު އުފާ ކަމަށެވެ. އެއީ ދިރިއުޅުމުގައި ނިންމި ވަރަށް މުހިއްމު ނިންމުމެއް ކަމަށާއި އަމިއްލަ ދެ ކުދިންނަށްވުރެ މުހިއްމު އެއްވެސް ކަމެއް ގެބްރިއެލާގެ ދިރިއުޅުމުގައި މިވަގުތު ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ. ބޮލީވުޑްގެ އެކްޓަރުންގެތެރެއިން އެންމެ ގިނަ އަންހެން ކުދިންގެ ހިތުން ޖާގަ ހޯދި އެކްޓަރު އަރުޖުން ރާމްޕާލް ވަނީ ކުރިން ކައިވެންޏެއްކޮށްފައެވެ. އަރުޖުންއަށް ވުރެ އުމުރުން ދޮށި އިންޑިއާގެ މޮޑެލް އަދި 1986 ވަނަ އަހަރުގެ ފެމިނާ މިސް އިންޑިއާ ޔުނިވާސްގެ ތާޖް ކާމިޔާބުކުރި މެހްރް ޖެސިއާއާ އެކު ކުރެވުނު އެ ކައިވެންޏަށް ދެ އަންހެން ކުދިން ވަނީ ލިބިފައެވެ. އަރުޖުން އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރި ފިލްމު "ދުރަންދާރް"ގެ ރޯލަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ