700 ދަސްވެނިންނާއެކު ސައިރިކްސް ކޮލެޖްގެ ކޮންވޮކޭޝަން ބާއްވައިފި
ސައިރިކްސް ކޮލެޖުގައި ކިޔެވި 703 ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ. ސައިރިކްސް ކޮލެޖުގެ ކޮންވޮކޭޝަން 2025 ގައި، 2023 އަދި 2024 ވަނަ އަހަރު އިންފޯމޭޝަން ޓެކްނޮލޮޖީ ދާއިރާ، ބިޒިނަސް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސަސް އަދި މާކެޓިން ދާއިރާތަކުން، ބެޗެލާސް ޑިގްރީ އަދި ބިގްޑޭޓާ އެންޑް ޑޭޓާ ސައިންސް، ސައިބާ ސެކިއުރިޓީ، ބިޒިނަސް އެޑްމިނިސްޓްރޭޝަން އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސް ޑިގްރީ ކޯސްތަކުގައި ކިޔެވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވެއެވެ. ސައިރިކްސް ކޮލެޖް ކޮންވޮކޭޝަން 2025 ދަސްވެނިވުމުގެ ރަސްމިއްޔާތު---ފޮޓޯ: ސައިރިކްސް ކޮލެޖް 250 އަށްވުރެ ގިނަ ދަރިވަރުންނަށް، ޑިޕްލޮމާ އަދި ސެޓިފިކެޓް ލެވެލް ކޯސްތަކުގެ ސެޓްފިކެޓް ހަވާލުކޮށްފައިވާ ކަމަށް ސައިރިކްސްއިން ބުންޏެވެ. މި ކޯސްތަކުގެ ތެރެއިން ސައިބާ ސެކިއުރިޓީ މާސްޓާސް ޑިގްރީއަކީ ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ހިންގި މިފަދަ ފުރަތަމަ ކޯސްކަން ސައިރިކްސް އިން ފާހަގަކޮށްފައިވެއެވެ. މިހަފުލާ ޝަރުފުވެރި ކޮށްދެއްވީ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ. ވަޒީރުގެ ވާހަކައިގައިވަނީ ސައިރިކްސް ކޮލެޖަކީ އެންމެ ދުވަސްވީ އެއް ކޮލެޖު ކަމަށާއި، ތަފާތު ދާއިރާތަކުން މީހުން ބިނާކުރުމުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން ގެންދާ ކޮލެޖެއްކަން ފާހަގަ ކުރައްވައިފައެވެ. ޚާއްސަކޮށް ޓެކްނޮލޮޖީގެ ދާއިރާއިން މީހުން ބިނާކުރުމުގައި ރާއްޖޭގައި އެއްމެ ފާހަގަކޮށްލެވޭ ކޮލެޖުކަން ފާހަގަކުރައްވާ، އެކަމަށް މަރުހަބާ ވިދާޅުވިއެވެ. ސައިރިކްސް ކޮލެޖް ކޮންވޮކޭޝަން 2025 ގައި ހަފްލާގެ ޝަރަފްވެރި މެހެމާން، ސިޓީސް މިނިސްަޓަރ އާދަމް ޝަރީފް އުމަރު ވާހަކަދައްކަވަނީ---ފޮޓޯ: ސައިރިކްސް ކޮލެޖް މި ރަސްމިއްޔާތުގައި ޗެއާމަންސް އެވާޑް 23 ދަރިވަރަކު ހާސިލްކޮށްފައިވެއެވެ. އަދި އަލްމަރުޙޫމާ އޮގަރު ފާއިޒާ ޢަލީ އެވޯޑު ފޯ އެކްސެލެންސްއާއެކު އެ އާއިލާއިން ދޭ ފައިސާގެ އިނާމާއި ކޮލެޖު ކައުންސިލް މެޑަލް، ހުރިހާ ޕްރޮގްރާމްތަކެއްގެ ތެރެއިން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު، ބެޗެލާ އޮފް ސައިކޮލޮޖީ ކިޔެވި ފާތިމަތު ސައިފާ ވަނީ ހާސިލްކޮށްފައެވެ. ސައިރިކްސް ކޮލެޖް ކޮންވޮކޭޝަން 2025 ގެ ހަފްލާގައި ކޮލެޖުން ދަސްވެނިވި ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކުރުން---ފޮޓޯ: ސައިރިކްސް ކޮލެޖް އަދި އަލަށް ތައާރަފު ކުރެވުނު "އަބުދުﷲ އެންޑް ޝައިމާއު މެމޯރިއަލް ސްކޮލާޝިޕް" ޓެކްނޮލޮޖީގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ދެ ޖަމިއްޔާ ކަމަށްވާ، ވިމެން އިން ޓެކް މޯލްޑިވްސް އަދި އައިޓްރިޕްލްއީ މޯލްޑިވްސް ސަބްސެކްޝަނަށް ވެސް ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ