ބީއެމްއެލް، ވީޗެޓް ޕޭ އަދި ރާއްޖޭގެ ޑިޖިޓަލް އިކޯ ސިސްޓަމް ވަރުގަދަ ކުރަނީ

ރާއްޖޭގެ ޑިޖިޓަލް އިކޯ ސިސްޓަމް ވަރުގަދަ ކުރުމަށް ބޭންކު އޮފް މޯލްޑިވްސް އިން ވިޒިޓް މޯލްޑިވްސް އަދި ވޭސިން ޕޭ (ވީޗެޓް ޕޭ) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.ބީއެމްއެލް އާއި ވޭސިން ޕޭ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެދުގައި ގާއިމްކުރި މި ސްޓްރެޓީޖިކް އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޓޫރިޒަމް ފުޅާކުރަން މަސައްކަތްތަކެއް ކުރަން ވަނީ ހަމަޖެހިފަ އެވެ.އެގޮތުން ރާއްޖެ މާކެޓު ކުރުމާއި ޓޫރިސްޓުންގެ އެންގޭޖްމަންޓާއި ޑިޖިޓަލް ހަރަކާތްތައް އިތުރުކުރުމާއި، ޓޫރިޒަމް ކުރިއަރުވަން ގުޅިގެން މަސައްކަތްތަކެއް ކުރަން ވަނީ ނިންމައިފަ އެވެ. އަދި ހާއްސަކޮށް ޗައިނާގެ ޓޫރިސްޓުން ފައިސާގެ މުއާމަލާތްކުރުމުގައި ފަސޭހަ އަދި ފުރިހަމަ ތަޖުރިބާއެއް ހޯދައިދިނުމަށް މަސައްކަތް ކުރަން ވަނީ ހަމަޖެހިފަ އެވެ.އޭގެ އިތުރުން، ދިވެހި އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފައިސާގެ މުއާމަލާތްތަކުގައި ބަޔޯމެޓްރިކްސް ފަދަ އިޖާދީ ގޮތްތައް ބޭނުންކޮށްގެން ލުއިފަސޭހަކަމާ އެކު ފައިސާ ދައްކަން ހުރި ފުރުސަތުތައް ބީއެމްއެލް އާއި ވޭސިން ޕޭ ގުޅިގެން އިތުރަށް މުރާޖައާ ކުރާނެ އެވެ.ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ވޭސިން ޕޭ އަދި ވިޒިޓް މޯލްޑިވްސް އާ ގުޅިގެން ފަތުރުވެރިންނާއި ވިޔަފާރިތަކަށް ފައިސާދެއްކޭނެ އީޖާދީ އަދި ރައްކާތެރި ގޮތްތައް ހަމަޖެހިގެން އުފަލެއް ކަމަށެވެ."ބަޔޯމެޓްރިކް ބޭނުންކޮށްގެން ފައިސާދެއްކޭ ފަދަ ޓެކްނޮލަޖީތަކާ އެކު ފަތުރުވެރިންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ. މީގެ ސަބަބުން އެކި ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ދެވޭ ހިދުމަތްތައް އިތުރަށް ފުރިހަމަވެ ފަތުރުވެރިންގެ އުންމީދުތައް ހަގީގަތަކަށް ހަދައި ފަތުރުވެރިކަން ކުރިއެރުމަށް އެހީތެރިވެދޭނެ."ބީއެމްއެލް އިން އެމެރިކަން އެކްސްޕްރެސް، ވީސާ، މާސްޓަކާޑް، އަދި ޔޫނިއަންޕޭ ފަދަ މައިގަނޑު ހުރިހާ ކްރެޑިޓް އަދި ޑެބިޓް ކާޑު ނެޓްވޯކްތަކުގެ އިތުރުން ބީއެމްއެލް ޕޭ، ވޭސިން ޕޭ، އަލިޕޭ، އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ވޮލެޓްތަކުން ކުރާ މުއާމަލާތްތައް ޕްރޮސެސް ކުރެ އެވެ.މީގެ އިތުރުންމާޗަންޓް ޕޯޓަލް އަދި އެމްޕީއޯއެސް އެޕް ބޭނުންކޮށްގެން މާޗަންޓުންނަށް ފުރިހަމަ އޮންލައިން ޕޭމަންޓް ހައްލުތަކެއް ފޯރުކޮށްދޭރިއަލް-ޓައިމް ޕޭމަންޓް ރިކުއެސްޓްތައް ކުރެވޭނެ ގޮތް ހަމަޖައްސާ މުއާމަލާތްތައް ހަރުދަނާކަމާއެކު މޮނިޓާކުރޭއޮންލައިން ސްޓޯރުގެ އޮޕަރޭޝަންތައް ހުއްޓުމެއްނެތި މެނޭޖްކުރުމުގައި ވިޔަފާރިވެރިންނަށް އެހީތެރިވެދޭމީގެ ކުރިން ބީއެމްއެލްއިން ވަނީ، ކަސްޓަމަރުންނާއި ވިޔަފާރިވެރިންނަށްވެސް އިތުރު ލުއިފަސޭހަ ކަމެއް ފޯރުކޮށްދިނުމަށް ޓަކައި، ރާއްޖޭގައި ކޮންޓެކްޓްލެސް ކިއުއާރް ޕޭމަންޓުގެ ހިދުމަތް ފުޅާކޮށް، ބީއެމްއެލް ސްވައިޕް އެޕްގައި އަލިޕޭ+ ގެ ފީޗާތައް ހިމަނާނެ ކަމަށް ބުނެފައެވެ. އަދި އަލިޕޭއާއެކު ހެދި އެއްބަސްވުމުގެ ދަށުން ވެސް ރާއްޖެ އިޝްތިހާރު ކުރަން ނިންމައިފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ