ޓްރީޓޮޕް ހޮސްޕިޓަލުން ''ބެކް ޓު ސްކޫލް'' ޕްރޮމޯޝަން ފަށައިފި

ޓްރީޓޮޕް ހޮސްޕިޓަލުން "ބެކް ޓު ސްކޫލް" ޕޮރޮމޯޝަން ފަށައިފިއެވެ. މިއަދު ފެށި މި ޕްރޮމޯޝަން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ މި ޕްރޮމޯޝަނުގެ ބޭނުމަކީ ކުދިން ސްކޫލަށް ދާން ތައްޔާރުވަމުންދާއިރު ރަނގަޅު ސިއްޙަތެއްގައި ހުރިކަން ކަށަވަރު ކުރުން ކަމަށެވެ. އެގޮތުން މި ޕްރޮމޯޝަންގައި "ވެލް ޗައިލްޑް ޕެކޭޖް"ން އެކި އުމުރުފުރާތަކަށް ހާއްސަކޮށްގެން ތަފާތު ޑިސްކައުންޓްތައް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. މި ޕެކޭޖްގައި އެކުލެވިގެންވަނީ ތަފާތު އިންވެސްޓިގޭޝަންތަކާއި ޕްރޮސީޖާތައްކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. މި ޕްރޮމޯޝަނުން ދޭ ހިދުމަތްތައް ކުޑަކުދިންގެ ޑޮކްޓަރާ އެކު އެސެސްމަންޓް ހެއްދުން ފިޒިކަލް އެގްޒެމިނޭޝަން އިސްކޮޅާއި ބަރުދަން އަދި ބީއެމްއައި ބެލުން ނިއުޓްރިޝަނަލް އެސެސްމަންޓް ބްލަޑް ޕްރެޝަރު ބެލުން ގްލޫކޯޒް ފާސްޓިން ފުލް ބްލަޑް ކައުންޓް އަޔަން އެންޑް ފެރިޓިން ވިޓަމިން ޑީ ޔޫރިން އެނަލައިސިސް ވެކްސިން ދިނުމުގެ ޝެޑިއުލް އިސްލާހުކުރުން ލިވާ ފަންކްޝަން ޓެސްޓް ރެނަލް ފަންކްޝަން ޓެސްޓް ޑެންޓިސްޓް ސްކްރީނިން ޓޯޓަލް ކޮލެސްޓްރޯލް އެޗްޑީއެލް އަދި ޓްރައިގްލިސެރައިޑްސް ކުޑަކުދިންގެ ޑޮކްޓަރުންނާއެކު ތަހުގީގުތައް ރިވިއުކުރުން ޖީ6ޕީޑީ ސްކްރީނިން ހިމެނޭ ޕްރޮމޯޝަންގެ ދަށުން އެކި އުމުރުފުރާތަކުގެ ޑިސްކައުންޓް ރޭޓްތައް: ވެލް ޗައިލްޑް (6 އަހަރުން ދަށުގެ) – 5% ޑިސްކައުންޓް ވެލް ޗައިލްޑް (6-12 އަހަރު) – 15% ޑިސްކައުންޓް ވެލް ޗައިލްޑް (13-18 އަހަރު) – 15% ޑިސްކައުންޓް ޓްރީ ޓޮޕް ހޮސްޕިޓަލަކީ ކުޑަކުދިންގެ ސިއްޙީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް ބާރުއަޅާ ހޮސްޕިޓަލެކެވެ. ސިއްހީ ޗެކްއަޕް ކުރުމަކީ ކުދިންގެ ސިއްހަތާއި ހެދި ބޮޑުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށް އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ބެކް ޓު ސްކޫލް ޕްރޮމޯޝަނަކީ ދިރާސީ އަހަރު ފެށުމުގެ ކުރިން ދަރިންގެ ސިއްހަތަށް އިސްކަންދިނުމަށް ބެލެނިވެރިންނާއި ބެލެނިވެރިން ބާރުއެޅުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ