ހުޅުމާލެއިން “ބިންވެރިޔާ” ސްކީމްގެ ދަށުން ގޯތި ނުލިބޭ ފަރާތްތަކަށް ގޯތި ދީ ވިއްކާލި މައްސަލަ ހާމަވުމާ ގުޅިގެން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު މަޤާމުން އިސްތިއުފާ ދީފިއެވެ.
ފަޒުލް އޭނާގެ ފޭސްބުކް ޕޭޖުގައި ޝާއިޢުކުރި ސިޓީގައި ބުނެފައިވަނީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރެއްގެ ހައިސިއްޔަތުން ނިންމި ހުރިހާ ނިންމުމަކީވެސް ކުންފުނީގެ ޕޮލިސީތަކާ އެއްގޮތަށް، އެޗްޑީސީގެ މަސްލަހަތު އިސްކޮށްގެން ނިންމި ނިންމުންތަކެއް ކަމަށެވެ.
“ދިޔަވަރަށް” އަށް ލިބިފައިވާ ލިޔެކިޔުންތަކުންނާއި ސޯޝަލް މީޑިއާގައި ހާމަވެފައިވާ މަޢުލޫމާތުން ދައްކާގޮތުގައި، ހައުސިން މިނިސްޓްރީގެ “ބިންވެރިޔާ” ސްކީމުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތި ދީފައިވާކަން ހައުސިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ހާމަވެއެވެ. މި މައްސަލައިގައި މިނިސްޓްރީން މިހާތަނަށް ބުނެފައިވަނީ އެއީ އެ މިނިސްޓްރީން ހިންގި އެއްވެސް ސްކީމެއްގެ ދަށުން ދޫކުރި ގޯތިތަކެއް ނޫން ކަމަށެވެ.
މި މައްސަލައިގައި ހާމަވެފައިވާ އެއް ގޯއްޗެއްގެ ވެރިފަރާތަކީ އެޗްޑީސީގެ އެމްޑީ ފަޒުލްގެ ކޮއްކޮ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދެވެ.
މި ނޫހާ ވާހަކަދެއްކި މަސްދަރެއް ބުނާގޮތުގައި، ހުޅުމާލެއިން ނުދެވި ހުރި ގޯތިތައް މީހުންނާ ހަވާލުކުރަމުން އަންނަ ކަމަށާއި، މިކަމުގައި އިސްކޮށް ހަރަކާތްތެރިވަނީ އެޗްޑީސީގެ އެމްޑީ ފަޒުލް ކަމަށް އެ މަސްދަރު ތުހުމަތުކުރެއެވެ.
މި މައްސަލައާ ގުޅިގެން މިހާރު ވަނީ ފަޒުލް މަޤާމުން ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން އެޗްޑީސީން އަދި ފަޒުލް ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އެޗްޑީސީ މެދުވެރިކޮށް މިފަދަ ގިނަ ކޮރަޕްޝަންގެ މައްސަލަތަކެއް ހިންގާ ކަމުގެ ތުހުމަތުތައް ކުރެވެމުންދާއިރު، މިއިން އެއްވެސް މައްސަލައެއް ބަލަމުންދާކަން ނުވަތަ ނޫންކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ފާއިތުވި 4 އަހަރު ތެރޭ ރާއްޖޭގައި އެންމެ ގިނަ މައްސަލަ އެކެއްގެ މައްޗަށް އޭސީސީއަށް ހުށައެޅިފައިވާ ފަރާތަކީ މުއިއްޒު ކަމުގައިވާއިރު، އޭސީސީ ވެފައިވަނީ، ރައީސް މުއިއްޒު ނުހައްޤުން ހޯދާ މުއްސަނދި ކަމާއި، ކުރާ ވައްކަމުގައި “ހަލާލު” ސްޓޭމްޕަ ޖަހައިދިނުމުގެ މަަސައްކަތް ކުރާ މުއައްސަސާއެއް ގޮތުގައެވެ.
އެޗްޑީސީގެ އެމްޑީގެ މަގާމުން ފަޒުލް އިސްތިއުފާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ