ސްޓެލްކޯ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރާތީ ބައެއް ސަރަހައްދުން ކަރަންޓު ކެނޑިދާނެ

ސްޓެލްކޯ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރާތީ ބައެއް ސަރަހައްދުން ކަރަންޓު ކެނޑިދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަނީ މާލޭގެ ހެންވޭރުގެ ބައެއް ސަރަހައްދުތަކުގައި ކަމަށެވެ.
އެގޮތުން ހެންވޭރު ޖަނަވަރީ ހިނގުމާއި، ޖަނަވަރީމަގު، ބުރުޒުމަގު، ލޮނުޒިޔާރަތްމަގު ހިމެނޭ ސަރަހައްދުގައި އެ މަސައްކަތް ކުރާނެ ކަމަށާއި އަދި އަމީނީމަގާއި، ރަތްވިލާ ހިނގުން ހިމެނޭ ސަރަހައްދުގައި ވެސް ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ސްޓެލްކޯ އިން ބުނއެވެ.
ސްޓެލްކޯ އިން ބުނީ މި މަސައްކަތް ކުރުމަށް ނިންމާފައިވަނީ މިއަދު މެންދުރު ފަހު 2 ން ހަވީރު 4 ޖަހަންދެން ކަމަށާއި މި ވަގުތުތަކުގައި އެ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެވަގުތުތަކުގައި ކަރަންޓު ކެނޑުމާއި ގުޅިގެން ދިމާވެދާނެ ދަތިތަަކަށް އެކުންފުނިން ވަނީ މައާފަށް އެދިފައެވެ. އަދި މިފަދަ ހާލަތްތަކުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ވަނީ ޝުކުރު ވެސް އަދާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ