އެމަނިކުފާނުގެ ވެރިކަމެއްގައި ދިވެހި ރާއްޖޭގައި ގެންގުޅޭނީ ކުރީގެ ރައީސް އިބްރާޙިމް ނާސިރާއި މައުމޫން އަބްދުލްގައްޔޫމް ގެންގުޅުއްވި ފަދައިން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ އެމަނިކުފާނުގެ ހާރިޖީ ސިޔާސަތާއި ގުޅޭގޮތުން ރޭ ކުރެއްވި ޓްވީޓެއްގައެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި ދިވެހި ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަދާނީ ކުރީގެ ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫންވެސް ގެންގުޅުއްވި ހާރިޖީ ސިޔާސަތު ކަމުގައި ދަންނަވަން" ޤާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާއިރު އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޤާސިމް އިބްރާހިމް ކަމަށް ނުރަސްމީކޮށް ވަނީ ހާމަކޮށްފައެވެ. އަދި ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕާޓީތަކުން މަސައްކަތް ފަށާފައިވާއިރު ޖުމްހޫރީ ޕާޓީގެ ފަރާތުން ވަނީ އެޕާޓީއާއެކު ކޯލިޝަން ހެދުމަށް ގިނަ ފަރާތްތަކަށް ދައުވަތު ދެއްވާފައިކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެމްޓީޑީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްއަށްވެސް ގާސިމްގެ ފަރާތުން ވަނީ ކޯލިޝަން ހެދުމަށް އެދި ދައުވަތު ފޮނުވާފައެވެ.
އަޅުގަނޑުގެ ވެރިކަމެއްގައި ގެންގުޅޭނީ ނާސިރާއި މައުމޫން ގެންގުޅުއްވި ހާރިޖީ ސިޔާސަތު: ޤާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ