ރައީސް ޑރ މުހައްމަދު މުއިއްޒު އަދގައި ކުރެއްވި މަސައްކަތްތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަރުހަބާ ވިދާޅުވެއްޖެއެވެ.
ސޯޝަލްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖުގައި ގާސިމް ވިދާޅުވީ، އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ދިވެހިރާއްޖެ ތަމްސީލް ކުރެއްވުމަށްފަހު، މިއަދު އެނބުރި ޤައުމަށް ވަޑައިގެންނެވުމުން އޭނާ އަދި ޖޭޕީގެ އެންމެހާ މެމްބަރުންގެ ފަރާތުން ރައީސްއަށް އިހުތިރާމާއިއެކު މަރުހަބާ ކިޔާކަމަށެވެ.
ގާސިމް ވިދާޅުވީ، ޖިއޮގްރަފީގޮތުން ކިތަންމެ ކުޑަނަމަވެސް، އދ ގެ ޢާންމު މަޖިލީހުގެ ސެޝަންތަކުގައި މީގެ ކުރިންވެސް ރާއްޖޭގެ ބައެއް ވެރީން ވަނީ ބައިވެރިވެވަޑައިގެން ގައުމު ތަމްސީލް ކުރައްވާ ރާއްޖެއަށް ދިމާވެފައިވާ އެކި އެކި ގޮންޖެހުންތަކާއި، އަދި މުޅިދުނިޔެއަށް ދިމާވެފައިވާ އެކި އެކި ކަންތައްތަކާއި ގުޅޭ ގޮތުން މުނާސަބުގޮތެއްގައި އަޑުއުފުލިކަމަށެވެ. އަދި ޝައްކެއްވެސް ނެތް ގޮތުގައި އެމަނިކުފާނުގެ މަސައްކަތްތައް ހުރީ ވިސްނުންތެރިކޮށްކަމަށާއި ކުރެއްވީ ފުރިހަމަ އަދި މުނާސަބު މަސައްކަތްތަކެއްކަމަށެވެ.
ގާސިމް ވިދާޅުވީ، ރައީސް މުއިއްޒުވަނީ ރާއްޖެއަކީ ފަހުރުވެރި ކެރޭ ހަރުދަނާ ދުރުވިސްނޭ އިލްމާއި ހުނަރު ލިބިފައިވާ ތަރައްގީއަށް އުންމީދުކުރާ ތަސައްވަރެއް އޮތް ބަސްބުނަން ކެރޭ ގައުމެއްކަން ސާބިތުކަމާއިއެކު ދައްކަވާފައިކަމަށެވެ. އޭނާ ވިދާޅުވީ، އާންމު މަޖިލީހުގައި ރައީސް ދެއްކެވި ވާހަކަތަކަށް ދުނިޔޭގެ ސަމާލުކަން ލިބިގެންދިޔަކަމަށާއި އިދިކޮޅު ސިޔާސީ ފަރާތްތަކާއި ފަސް އަހަރުގެ ދައުރެއް ލިބިވަޑައިގަތުމުން އދގައި ރާއްޖެ ތަމްސީލުކުރައްވަން ކެރިވަޑައިނުގަތް ފަރާތަކަށް ރައީސް ދެއްކެވި ވާހަކަތައް ފަހުމް ނުވިނަމަވެސް ދުނިޔޭގެ ބޮޑެތި މީޑިއަތަކުގެ ފަލަ ސުރުހީގައި އެ ތަގުރީރު ހިމެނިފައިވާކަމަށެވެ.
އޭނާ ވިދާޅުވީ، އދގެ ސަލާމަތީ މަޖިލީހުގައި ތަގުރީރުކުރެއްވި ފުރަތަމަ ރައީސްގެ ގޮތުގައި އެމަނިކުފާނުގެ ނަން ތާރީހުގައި ލިޔެވިފައިވާކަމަށާއި އދގެ 78 ވަނަ އާންމު ބައްދަލުވުމުގެ ހަވާސާގައި ކުރިއަށް ގެންދިޔަ މުހިންމު އެތައް ބައްދަލުވުމެއްގެ ރިޔާސަތުގެ ކޯ ޗެއަރގެ ހައިސިއްޔަތުންވެް ރައީސްވަނީ އިސް ދައުރެއް އަދާކުރައްވާފައިކަމަށެވެ. އަދި ރައީސްގެ ވާހަކަތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އިތުރުން ދުނިޔެ އާރާސްތުކުރުމުގައި އިޔާދަކުރަނިވި ހަތަކަ އިތުރުކުރުމަށާއި އިގްތިސާދާއި އިޖްތިމާއީ ދަތައް އަދި ޑިޖިޓަލް މަސައްކަތްތަކުގެ މައްޗަށްކަންވެސް ފާހަގަކުރެއްވިއެވެ.
ގާސިމް ވިދާޅުވީ، ރައީސްވަނީ އެމަނިކުފާނުގެ ވާހަކައިގައި ފަލަސްތީނުގެ މައްސަލަ ވަކިން ހާއްސަގޮތެއްގައި ފާހަގަކުރައްވައި އެ ގައުމުގައި ހިންގަމުންދާ ޖަރީމާތައް ކުށްވެރިކުރައްވާފައިކަމަށެވެ. އަދި އެ ވާހަކަތައް ދުނިޔޭގެ ގިނަ ގައުމުތަކުން ތަރުހީބާއިއެކު ބަލައިގަނެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، 2040 ވަނަ އަހަރު ރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭއިރު މި ގައުމަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި އޮތުމަށް މާދަމާއަށްޓަކައި އެމަނިކުފާނު ކުރައްވާ ތަސައްވަރު މުޅި ދުނިޔޭގެ ކުރިމަތީގައި ހާމަކުރައްވައި ރައްޔިތުން އަދި މި ފަސްގަނޑާއިމެދު ދެއްކެވި ނަމޫނާއަށްޓަކައި ޝުކުރު އަދާކުރައްވާކަމަށެވެ.
ރައީސް ދެއްކެވީ ރާއްޖެއަކީ ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ގައުމެއްކަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ