ހިލޭ ގޯތި ބަހައިލުން | ހުޅުމާލެއިން ބެހި ގޯތީގެ އަގު 5.4 ބިލިއަނަށް އަރާ

ފަޒުލް ވިދާޅުވި ގޮތުގައި އެސްކީމުގެ ދަށުން ދޫކުރި ގޯތީގެ ބަދަލުގައި ސަރުކާރުން 5.4 ބިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ހުށަހަޅާފައި އޮތް ނަމަވެސް އެ ފައިސާ މިހާތަނަށް ލިބިފައިނުވެ އެވެ.
ހުޅުމާލެއިން ހިލޭ ދޫކުރި ގޯތިތަކުގެ އަގު 5.4 ބިލިއަން ރުފިޔާއަށް އަރާކަމަަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފި އެވެ. 
އެމްޑީޕީގެ ވެރިކަމުގައި މާލޭ މީހުންނަށް ހިލޭ ގޯތި ފޯރުކޮށްދިނުމަށް ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން 1،351 ގޯތި ހުޅުމާލެއިން ދޫކޮށްފައިވެ އެވެ. އެ ގޯތިތަކާ ގުޅޭ ގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ ބިންވެރިޔާ ސްކީމުން ދޫކުރި ގޯތިތަކުގެ ބަދަލުގައި 5.4 ބިލިއަން ރުފިޔާ ލިބެންޖެހޭ ކަމށެވެ. 
ފަޒުލް ވިދާޅުވި ގޮތުގައި އެސްކީމުގެ ދަށުން ދޫކުރި ގޯތީގެ ބަދަލުގައި ސަރުކާރުން 5.4 ބިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ހުށަހަޅާފައި އޮތް ނަމަވެސް އެ ފައިސާ މިހާތަނަށް ލިބިފައިނުވެ އެވެ. އަދި އެ ފައިސާގެ އިތުރަށް ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކަންވެސް އިތުރު ހަރަދުތަކެއް ހިނގަމުންދާ ކަމަށެވެ. 
"5.4 ބިލިއަން ރުފިޔާ އަކީ ބިންވެރިޔާ ސްކީމުގެ ކޮމްޕެންސޭޝަނެއްގެ ގޮތުގައި ހުށަހަޅައިގެން އުޅޭ އަގެއް. ސަރުކާރުން އެ [ގޯތި] ދެއްވާފައި ހުރި އިރު ހުޅުމާލެއިން 5.4 ބިލިއަންގެ އިތުން ތިން ވަނަ ފިޔަވަހި ހިއްކާ ޕްރޮޖެކްޓް ވެސް ކުރިއަށް ގެންދަން ޖެހޭ،" ފަޒުލް ވިދާޅުވި އެވެ. 
ކުރީ ސަރުކާރުންވަަނީ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތަކުގެ ބަދަލުގައި މާލެ އަތޮޅުން ދެ ފަޅެއް އެޗްޑީސީއަށް ދިނުމާއެކު، 7.9 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް އެއްބަސްވެފަ އެވެ. 
ބިންވެރިޔާ ސްކީމުގެ ދަށުން 5،000 ގޯތި ދޫކުރުމަށް ކުރި އިއުލާނަށް ކުރިމަތިލި މީހުންގެ ތެރެއިން 18،955 މީހަކު ގޯތި ލިބުމަށް ޝަރުތު ފުރިހަމަވާކަމަށް ކަނޑައަޅައި އިއުލާނުކުރި އަދަދަށްވުރެ އެތައް ގުނައެއް އިތުރަށް ގޯތި ދޫކަން ކުރީ ސަރުކާރުން ނިންމި އެވެ. 
ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރަން އެއިރު އެމްޑީޕީން ނިންމީ އެއްވެސް މިންވަރަަކަށް ދިރާސާނުކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ހޯދުމުގެ ބޭނުމުގަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ