އެޓްލަންޓާ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 8) - ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި މިރޭ އާޖެންޓީނާ އިން ފަހަތުން އަރައި، 3-2 އިން މިސްރު ބަލިކުރި މެޗުގައި ފެނިގެންދިޔައީ ވަރަށް ނާއިންސާފު ކަންތައްތަކެއް ކަމަށާއި ހަގީގަތަކީ ފީފާ އިން ބޭނުންވަނީ އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ މި މުބާރާތުގައި ކުރިއަށްދިއުމަށް ކަމަށް މިސްރުގެ ކޯޗު، ހޮސާމް ހަސަން ބުނެފި އެވެ.
މިސްރުން 80 ވަނަ މިނިޓާ ހަމައަށް 2-0 އިން ލީޑުކުރި މި މެޗުގައި، އާޖެންޓީނާ އިން ވަނީ ފަހަތުން އަރައި، 3-2 އިން މޮޅުވެފަ އެވެ. މި މެޗުގައި މިސްރުން ފުރަތަމަ ލީޑުނެގުމުން، އެއްވަރުކުރަން އާޖެންޓީނާ އަށް ލިބުނު ޕެނަލްޓީއެއް މެސީ އަތުން ނާކާމިޔާބުވި އެވެ. މިސްރުން ޖެހި ދެ ވަނަ ގޯލު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ނިންމުމަކަށް ފަހު ބަލައިނުގަންނަން ނިންމި އެވެ. އޭގެ ފަހުން، މިސްރުން ދެ ވަަނަ ލަނޑެއް ޖެހި އެވެ.
MGH Group of Companies
MGH Group of Companies
THE BAKERS PVT LTD
EE YU PRIVATE LIMITED
MGH Group of Companies
މިސްރުން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ފަހަތުން އަރައި 3-2 އިން މެޗު ކާމިޔާބުކޮށް އާޖެންޓީނާ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މިސްރުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗުގެ ފަހު ވަގުތު އާޖެންޓީނާގެ ތަޖުރިބާކާރު ކުޅުންތެރިން ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލަނޑުތައް ޖަހައި ނަތީޖާ އަނބުރާލާފައި
މެސީ ދިން ބޯޅައަކުން އާޖެންޓީނާ އިން 79 ވަނަ މިނިޓްގައި ފުރަތަމަ ލަނޑު ޖެހިއިރު، އޭގެ ތިން މިނިޓް ފަހުން، އޭނާ ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އަދި، އިތުރު ވަގުތުގެ ދެ ވަނަ މިނިޓް ތެރޭ އެންޒޯ ފެނާންޑޭސް ވަނީ ލަނޑު ޖަހައި، އާޖެންޓީނާ މޮޅުކޮށްދީފަ އެވެ.
މި މެޗުގެ ރެފްރީ ފްރަންކޮއާ ލަޓެކްސިއޭގެ ނިންމުންތަކަށް މިސްރުގެ ބެންޗުން ވަރަށް ބޮޑަށް ހިތްހަަމަނުޖެހުން ފާޅުކުރި އެވެ. އެހެންވެ، މިސްރުގެ ކޯޗު ހޮސާމް ހިމެނޭހެން ކުޅުންތެރިންނާއި އޮފިޝަލުންނަށް ރީނދޫ ކާޑު ދެއްކި އެވެ. މިސްރުން ވަނީ، ދެ ޕެނަލްޓީއެއް ހޯދުމަށް އެޕީލްކޮށްފަ އެވެ. އަދި، މިސްރުން ޖެހި ދެ ވަނަ ގޯލު ވީއޭއާރް އިން ބަލައިނުގަތީ ގޯސްކޮށް ނިންމި ނިންމުމަކުން ކަަމަށް ހޮސާމް ވަނީ ބުނެފަ އެވެ.
މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހޮސާމް ބުނީ، އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާއާ ދެކޮޅަށް މިސްރު ފެނުނީ މާ ރަނގަޅަށް ކަމަށެވެ. އެކަމަކު، މި މެޗުގެ ނަތީޖާ އަށް އަސަރުކުރީ ދަނޑު މަތިންނާއި ދަނޑު ބޭރުން ވަކި ކަންތައްތަކެއް ބޭނުންވާތީ ކަމަށް ހޮސާމް ވަނީ ބުނެފަ އެވެ.
"ފަހަރުގައި އެ މީހުން ބޭނުންވީ އެންމެ ފަހުގެ ޗެމްޕިއަން (އާޖެންޓީނާ) މުބާރާތުގައި ބާއްވަން. ފަހަރުގައި އެ މީހުން (ފީފާ އިން) ބޭނުންވީ މެސީ މި މުބާރާތުގައި ކުރިއަށްދާން، ފުޓްބޯޅައިގައި ބައެއް ފަހަރު ޓެކްނިކަލް ކަންކަމަށް ވުރެން ބޭރުން ކަންކަން ހިނގާ. އެންމެ ފަހުގެ ޗެމްޕިއަނަށް މި ސަޕޯޓް ލިބުނީ ހުރިހާ ލެވަލަކުން،" ހޮސާމް ބުންޏެވެ.
އޭނާ ބުނީ، މެޗަށް ނުކުތުމުގެ ކުރިން ވެސް ރެފްރީ ލަޓެކްސިއޭއާ މެދު މިސްރުން ވަނީ ކަންބޮޑުުވުންތައް ހިއްސާކޮށްފަ އެވެ.
"އިންސާފުވެރިކަމެއް އަހަންނަށް ނުފެނުނު. ފެއާޕްލޭއެއް ވެސް ނުފެނުނު. ފަހު ވަގުތު ސަލާހަށް ކުރި ފައުލެއް ނުފެނުނު، އެންމެ ކުޑަމިނުން ވީއޭއާރް އިން ބަލާލަން ޖެހޭ ކަމަށް ވެސް ނުފެނުނު. ދެން، އަހަރެމެންގެ ކުޅުންތެރިއަކު ޖޯޒީގައި ހިފަހައްޓައި ވައްޓާލި މަންޒަރު ވެސް ފެނުނު، އެ އަށް ވެސް އެޅުނު ފިޔަވަޅެއް ނެތް،" ހޮސާމް ބުންޏެވެ.
"ދިރިއުޅުމުގެ ކަންކަން ވެސް މި ހުރި އިންސާފުވެރިކޮށެއް ނޫން، ނޯމަލް ކަމެއް މިހާރު އިންސާފުވެރި ނުވުމަކީ ވެސް އެެހެންވީމަ، ކުޅިވަރުގައި ވެސް އޮންނާނީ މިހެން،"
އޭނާ ބުނީ، މެޗު ނިމުމުން ރެފްރީ ލަޓެކްސިއޭ ގާތުގައި ބުނެފައިވަނީ، މެޗު ދިޔައީ އިންސާފުން ބޭރުން ކަމަށާއި ރެފްރީ އަކު ކަމެއް ފޮރުުވުމަށްޓަކައި ކަންކަން ކުރާނީ ސިއްރު ކުރަން ޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ.
ގަދަ 16 ބުރުން ކެޓިޔަސް މިއީ މިސްރަށް ކުރިއެރުން ހޯދުނު ވޯލްޑް ކަޕެކެވެ. މި ފަަހަރުގެ ވޯލްޑް ކަޕްގައި އެ ޓީމުން ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވި އެވެ. އަދި، މުޅިން އަލަށް ނޮކައުޓް ބުރުގައި ވެސް ވަނީ ވާދަކޮށްފަ އެވެ.
ހޮސާމް ބުނީ ވޯލްޑް ކަޕުން ކެޓުމުން، ދެން އޭނާ އަށް މުބާރާތް ނިމުނީ ކަމަށާއި އިތުރަށް އެންމެ މެޗެއް ވެސް ބެލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
މިސްރު ކޯޗުގެ ތުުހުމަތެއް؛ ފީފާ އިން ބޭނުންވީ މެސީ ކުރިއަށްދާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ