ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ދެމަފިރިންނަށް އެކުގައި ނުއުޅެވިގެން ވަކިވާންޖެހުނީއެވެ. އެހިސާބުން ދަރިންނަށް ޚަރަދު ނުކުރާ ބައްޕައިންވެސް ތިބެއެވެ. އަނެއް ބައަކު ޚަރަދުކޮށްފައި އެހިސާބުން ނިންމައިލަނީއެވެ. މި 2 ގޮތަކަށްވެސް ކަންކަމެއް ނުކުރެވޭނެއެވެ. ޚަރަދުކުރަންވެސް ޖެހޭނެއެވެ. ޚަރަދުކުރަމުންވެސް ދަރިންގެ ކަންކަން ބަލަހައްޓަންޖެހޭނެއެވެ. ސްމާޓް ބައްޕައަކަށް ވެވޭނީ މި 2 ކަންތައްވެސް ކޮށްގެންނެވެ.
ހަމައެކަނި ޙާލުބެލުމަކުންވެސް ނުފުދޭނެއެވެ. ކިޔަވާތޯވެސް ބަލަންވާނެއެވެ. ދަރިފުޅު އުޅޭގޮތާއި ކުރާ ކަންކަންވެސް ބަލަންވާނެއެވެ. ސްކޫލުގައި ކުރާ ކަންކަމާއި ބަސްއަހާވަރުވެސް ބަލަންވާނެއެވެ. ބައްދަލުކޮށް ލޯބިދޭންވެސްވާނެއެވެ. އަދި އެކަމަށް މައިން ހުރަސްއަޅައިގެންވެސް ނުވާނެއެވެ. މައިމީހާ ދަރިން ބެލިނަމަވެސް ޙަޤީޤީ ބެލެނިވެރިއަކީ ބައްޕަކަމަށްވާތީއެވެ.
އަނބިމީހާގެ މައްސަލައެއްގައި ކައިވެނި ރޫޅައިލަން ޖެހިއްޖެ ނަމަ ބައެއް ބައްޕައިންނަށް ޤަބޫލުކުރެވެނީ އެހިސާބުން ދަރިންގެ ކަންކަން ވެސް ބަލަހައްޓަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް އެއީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. ހުއްދަކުރާ ގޮތެއް ނޫނެވެ. ކޮންމެ ސަބަބެއް މެދުވެރިވެގެން ކައިވެނި ރޫޅައިލަން ޖެހުނު ނަމަވެސް ދަރިންގެ ޚަރަދުތައް ކުރަން ޖެހޭނީ ބައްޕައަށެވެ. ދަރިންގެ ޒިންމާ އުފުލަން ޖެހޭ އިސް މީހަކީ ބައްޕައެވެ. އެކަންކަން ބައްޕަގެ ކިބައިން ނިގުޅައިގަތުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ކޮށްގެންވާނެ ކަމެއް ވެސް ނޫނެވެ.
މަންމަގެ ކިބައިގައި ތަނަވަސްކަން ހުރެފައި ޚަރަދުކުރަން ބޭނުންނަމަ މަންމަ ޚަރަދުކުރުމަކީ ތަފާތު މައްސަލައެކެވެ. އެ ޙާލަތުގައިވެސް ދަރިންގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އުފުލަން ޖެހޭނީ ހަމަ ބައްޕައަށެވެ. ވީމާ ދެމަފިރިންވެސް މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ﷲ ތައާލާގެ ޙަޟްރަތުގައި ދަރިންގެ ކަންކަމަށް ޖަވާބުދާރީވާން ޖެހޭނެތީއެވެ."
-- މުފްތީ މެންކްގެ ދަރުސަކުން
ދެމަފިރިން ވަކިވެ ދުރުގަ ތިބިނަމަވެސް ދަރިންގެ ކަންކަން ބެލެހެއްޓުމަށް ބައްޕަގެ ޒިންމާ ކެނޑިގެނެއް ނުދޭ! ހަމައެކަނި ޚަރަދުކުރުމަކުންވެސއް ނުފުދޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ