ކަރަންޓު ބިލް ކުޑަކުރާނެގޮތް ސްޓެލްކޯގެ އިންޖިނިއަރަކު ކިޔައިދީފި

ކަރަންޓު ބިލް ކުޑަކުރާނެގޮތް ސްޓެލްކޯގެ އިންޖިނިއަރު އަލީ ނިޔާޒު ކިޔައިދީފިއެވެ.
އައު ސާމާނުތަކެއް ގެއަށް ނުވެއްދި ނަމަވެސް، އާއްމުކޮށް ބޭނުންކުރާ ސާމާނު ތަކަކީވެސް ހާލަތަށް ޔޫޒޭޖް ބަރޯސާވާ އެއްޗެހި ކަމަށާއި، އެހެންކަމުން ކަރަންޓުގެ ހަރަދު ކުޑަކުރުމަށް10 ކަމެއް އޭނާ ހިއްސާކުރިއެވެ. އެއީ:
1. އޭސީ ސާރވިސް ކޮށް، ގޭސް ލެވެލް ޗެކް ކޮށް، ގޭސް ލީކެއް އުޅޭނަމަ އެކަން ހައްލު ކުރުން
2. ފުލް ސާރވިސްއެއް ނުކުރި ނަމަވެސް މަހަކު އެއްފަހު ކަހަލަ ގޮތަކަށް އައުޓް ޑޯ ޔުނިޓާއި، އިންޑޯ ޔުނިޓުގެ ކޯ ކަނޑު ދޮވެލައި، ފިލްޓަރުތައް ސާފު ކުރުން. އަދި އައުޓު ޑޯ ޔުނިޓު އިނީ ވައިދައުރުވާ ހޫނުގަދަނޫން ތަނެއްގައިތޯ ޔަގީން ކުރުން.
3. އޭސީ ކޮށްފައިހުރި ތަންތަނުގެ ދޮރު ދަށުން ފިނިވައި ލީކުވާގޮތަށް ހުރިނަމަ އެތަނަށް ޕެކިނެއް ލެއްވުމަށްފަހު ބަންދު ކޮށްލުން.
4. ބަދިގޭގެ އުނދުނާއި ވީހާވެސް ދުރުގައި ރެފްރިޖްރޭޓަރު ބެހެއްޓުން.
. އޭސީ ކޮށްފައިހުރި ތަންތަނުގެ ބިއްލޫރި ދޮރުތަކުގައި ވީހާވެސް ބޯ ދޮރުފޮއްޗެއް ދަމާލުން.
6. ތަނާ އެކަށީގެންވާ ވަރުގެ އޭސީއެއް އަބަދުވެސް ގެންގުޅުން.
7. ކައްކާއިރު އޭސީ ނިއްވާލުން.
8. ބޭރަށް ދަމުން ވީހާވެސް ގިނަ ކަރަންޓު ސާމާނު ނިއްވައިލުން.
9. ހަފްތާއަކު އެއްފަހަރު ފަންކާ ފޮހެލައި ފިޔައިގައި ހުންނަ ހިރަފުސް ފިލުވައި ފަންކާގެ ފިޔަތައް ލުއިކޮށްލުން.
10. މީޓަރު ގަވައިދުން ޗެކު ކުރުން..
ނިޔާޒު ދެކޭގޮތުގައި އެކަންކަމުން ކަރަންޓުގެ ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ