ފާހިޝް ކަންކަން ހިނގަމުންދަނީ ލިމިޓެއް ނެތި: ގާސިމް

ފަހަކަށް އައިސް ބޮޑެތި ފާހިޝް އަމަލުތައް ހިނގަމުންދަނީ އެއްވެސް ލިމިޓެއް ނެތި ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
“ތައްޔާރު” ނަމުގައި ރޭ ބޭއްވި ޖަލްސާގައި ފާއިތުވެދިޔަ ހަފްތާ ލީކުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކަށް އިޝާރާތް ކުރައްވާ ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ އެފަދަ ފާހިޝް ކަންތައްތަކުގެ ވާހަކަ ޖަލްސާގައި ދައްކަން ބޭނުންފުޅުނުވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު “ބޮޑެތި، ބޮޑެތި” ކަންތައްތައް ވަމުން އެދަނީ ލިމިޓެއް ނެތިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 
މީގެ އިތުރުން ރައްޔިތުންގެ މަޖްލީހުގެ ރައީސް މުހަންމަދު ނަޝީދަށް އަމާޒުކޮށް ވިދާޅުވީ މުއައްސަސާ ތަކުގެ ވެރިން އެބޭފުޅުންގެ ޒިންމާ އަދާނުކުރައްވާކަމަށެވެ. އަދި މައްސަލައެއްގެ ތަހުގީގަށް ފުލުހުންގެ އިދާރާއަށް މީހަކު ހާޒިރު ނުކުރެވޭނެ ކަމަށް ވަކިބޭފުޅަކު ވިދާޅުވިނަމަވެސް އެކަން އެގޮތަށް ނުވާނެކަމަށެވެ.
މި ޖަލްސާގައި ގާސިމްވަނީ އެމަނިކުފާނު 2023 ވަނަ އަހަރުގެ އިންތިހާބަށް ނުކުމެވަޑައިގަންނަވާނެކަމުގެ އިޝާރާތެއް ކުރައްވާފައެވެ. އަދި އިންތިހާބަށަ ތައްޔާރުވުމަށް ކުރަން ހުރި މަސައްކްތައް ފާހަގަކުރައްވާ، އެޕާޓީގެ އެންމެހާ މެންބަރުންނަށް ވަނީ ހިއްވަރުދެއްވިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ