ގިނަ ބައަކު އުޅެނީ އެމީހުން ދުޢާކުރަން ބޭނުންވާ ކަމަށް އެދި ކުރާނެ ޚާއްޞަ ދުޢާއެއް ނުފެނިގެންނެވެ. އެއީ ނުވެދާނެ ކަމެކެވެ. އިންސާނުން ބޭނުންވާ ކަންކަން ވަރަށް ގިނަވާނެއެވެ. ވީމާ އެއިން ކޮންމެ ކަމަކަށް އެދިގެން ކުރާނެ ޚާއްޞަ ދުޢާއެއް ނެތިދާނެއެވެ. ނުވަތަ ނުވެސް އޮންނާނެއެވެ.
އެހެންވެ އަހުރެން ބުނެލަދެނީ ވަރަށް ފައިދާކުރާނެ ގޮތެކެވެ. ކޮންމެ ކަމަކަށް އެދިގެން ދުޢާކުރަން ބޭނުންވި ނަމަވެސް މިމަގުން ދުޢާކުރަން ފަށާށެވެ!
اللَّهُمَّ إِنِّي أَسْأَلُكَ بِأَنِّي أَشْهَدُ أَنَّكَ أَنْتَ اللَّهُ لَا إِلَهَ إِلَّا أَنْتَ الْأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ
ފުރަތަމަ މިތަން ކިޔަވާށެވެ! ދެން އެމީހަކު އެދޭކަމެއްގެ ވާހަކައިން ދަންނަވާށެވެ! ޙަދީޘްފުޅުން އެނގެން އޮތީ މި ކަލިމަތަކުގައި ﷲ ތަޢާލާގެ އެންމެ މަތިވެރި ނަންފުޅުވާކަމާއި މިފަދައިން ކިޔުމަށްފަހު ދުޢާކޮށްފިނަމަ އެމީހެއްގެ ބޭނުން ފުއްދަވައި ދެއްވަވާނެ ކަމަށެވެ.
ދެން ވިސްނާލަން އޮތް ކަމަކީ އެމީހަކު ހުންނަ ޙާލަތެވެ. ދުޢާ ޢިޖާބަކުރެއްވެވުމަށް އެދޭ މީހާ ހުންނަންވާނީ ހިތާއި ޢަމަލުތައް ޠޯހިރުކޮށް ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިކަން އަދާކުރުންމަތީގައެވެ. ކައިބޮއި ހަދަންވާނީ ޙަލާލް ތަކެއްޗެވެ. ޙަލާލް ގޮތުގައި ހޯދާ ރިޒުޤެވެ. ލާންޖެހޭނީ ޙަލާލް ފޭރާމެވެ. ފަރުޟްތަކަށާއި ވާޖިބްތަކަށް ރައްކައުތެރިވުމާއިއެކު ނަހީކުރައްވަވާފައިވާ ކަންކަމުން ދުރުހެލިވާންވާނެއެވެ.
- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން
عَنْ بُرَيْدَةَ الْأَسْلَمِيِّ قَالَ سَمِعَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجُلًا يَدْعُو وَهُوَ يَقُولُ اللَّهُمَّ إِنِّي أَسْأَلُكَ بِأَنِّي أَشْهَدُ أَنَّكَ أَنْتَ اللَّهُ لَا إِلَهَ إِلَّا أَنْتَ الْأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ قَالَ فَقَالَ وَالَّذِي نَفْسِي بِيَدِهِ لَقَدْ سَأَلَ اللَّهَ بِاسْمِهِ الْأَعْظَمِ الَّذِي إِذَا دُعِيَ بِهِ أَجَابَ وَإِذَا سُئِلَ بِهِ أَعْطَى
3475 سنن الترمذي كتاب الدعوات باب ما جاء في جامع الدعوات
5/462 المحدث الترمذي خلاصة حكم المحدث حسن في سنن الترمذي
Buraydah al-Aslami reported: The Prophet, peace and blessings be upon him, heard a man supplicating, saying, “O Allah, I ask you by my testimony that you are Allah, there is no God but you, the One, the Eternal Refuge, who does not give birth and was not born, and to whom no one is equal,” (112:1-4). The Prophet said, “By the One in whose hand is my soul, he has asked Allah by His greatest name, for which He answers when called upon and He gives when asked.”
Source: Sunan al-Tirmidhī 3475
Grade: Hasan (fair) according to Al-Tirmidhi
- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން
މިމަގުން ފަށައި ކުރާ ކޮންމެ ދުޢާއެއް ޢިޖާބަކުރައްވަވާނެ! ކޮންމެ ކަމަކަށް އެދުނަސް ހިންމަވައި ދެއްވަޥާނެ! އިން ޝާ ﷲ: ބިލާލް އައްސަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ