މަޖީދިއްޔާ ސުކޫލަށް 99 އަހަރު ފުރުން ފާހަގަކުރަން އަންނަ މަހު މާހެފުމެއް ބާއްވަނީ

މަޖީދިއްޔާ ސުކޫލަށް 99 އަހަރު ފުރުން ފާހަގަކުރުމަށް އަންނަ މަހު މާހެފުމެއް ބާއްވަން ނިންމައިފިއެވެ. މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ވެބްސައިޓުގައި ބުނި ގޮތުގައި، އެ މާހެފުމުގައި ބައިވެރިވެވޭނީ 99 ރުފިޔާގެ ޓިކެޓެއް ނަގައިގެންނެވެ. އެ ޓިކެޓު އެ ސުކޫލުގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ވެބްސައިޓުން ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. "މާހެފުން 99"ގެ ނަމުގައި ބާއްވާ އެ ކެއުމުން އެ ސުކޫލުގެ ކުރީގެ ދަރިވަރުންނާއި އެންމެން ބައްދަލުވެ، ޒަމާންވީ ގުޅުން އާލާކުރެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އަދި، ސުކޫލަށް 99 އަހަރު ފުރޭއިރު، މަޖީދިއްޔާގެ ދަރިވަރުންނާއި ޓީޗަރުން ހޯދި ކާމިޔާބީ އެ މާހެފުމުގައި ފާހަގަކުރާނެ ކަމަށް ޖަމިއްޔާއިން ވަނީ ބުނެފައެވެ. https://sun.mv/194377 މި އަހަރުގެ ރޯދަމަސް ފެށޭނެ ކަމަށް ކަލަންޑަރުގައި އޮތީ އަންނަ މަހުގެ 17ގައި ކަމަށްވާއިރު، މަޖީދިއްޔާ ސުކޫލު މާހެފުން ބާއްވަން ނިންމައިފައި ވަނީ އަންނަ މަހު 13ގައެވެ. އޭޕްރީލް 19، 1927ގައި ހުޅުވި މަޖީދިއްޔާ ސުކޫލަށް އަންނަ އަހަރު ގަރުނެއް ފުރޭތީ، އެކަން ފާހަގަކުރުމުގެ ހަރަކާތްތައް މިދިޔަ އަހަރު ވަނީ ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ