ގައުމީ ޚިދުމަތުގެ ދެވަނަ ބެޗު ތިން މަހުގެ ތަމުރީނަށް މާފިލާފުއްޓަށް
ގައުމީ ޚިދުމަތުގެ ދެވަނަ ބެޗުގެ ދަރިވަރުން ތިން މަހުގެ ތަމުރީނަށް މިއަދު ފުރައިފިއެވެ. ރާއްޖޭގެ 112 ރަށަކުން އެ ތަމުރީނުގައި، 350 ދަރިވަރުން ބައިވެރިވިއެވެ. އެއީ، 286 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުންނެވެ. މި މަހު 15ގައި ވަނީ ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނަށް 66 ޒުވާނުން ވަނީ ބ. ކިހާދޫއަށް ގޮސްފައެވެ. މޯލްޑިވްސް ނެޝަނަލް ސާވިސް (ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް)އިން 344 ދަރިވަރުން ދަސްވެނިވީ މިދިޔަ މަހުގެ 28ވަނަ ދުވަހެވެ. https://x.com/MNDF_Official/status/2014983522042392968 މާފިލާފުށީ ނެޝަނަލް ސާވިސް ޓްރެއިނިން ސެންޓަރުގެ ޗީފް އިންސްޓްރަކްޓަރު ލެފްޓިނެންޓް ކާނަލް މުހައްމަދު ޝަފީއު ވިދާޅުވީ، އެ ތަމްރީނުގައި ދިވެހި ގައުމިއްޔަތާއި ޒިންމާދާރު ރައްޔިތުކަން، ލެންގުއެޖް ޕްރޮފިޝެންސީ، ލީޑަޝިޕް، އިސްލާމިކް ސްޓަޑީޒް، ފިޒިކަލް ޓްރެއިނިން، ވޯޓާމޭންޝިޕް ޑްރިލް، ފަސްޓް އެއިޑް، ފަޔަ ފައިޓިން، ސެލްފް ޑިފެންސްގެ އިތުރަށް ކޭމްޕް އެކްޓިވިޓީސް މާއްދާތަކުގެ ގޮތުގައި ކިޔަވައިދިން ކަމަށެވެ. މި ގޮތުން، ތަމްރީނުގެ ބައިވެރިންނަށް އެ މާއްދާތައް ކިޔަވައިދެއްވުމުގައި ސިފައިންގެ މުދައްރިބުންގެ އިތުރުން ކަމާ ބެހޭ މިނިސްޓްރީތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަަން އޭނާ ފާހަގަކުރެއްވިއެވެ. https://sun.mv/216723 ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ