ސަރުކާރުން ދޫކުރާ ބްލޮކް ގްރާންޓުން ކައުންސިލްގެ މުވައްޒަފުންގެ މުސާރަ ވެސް ނުދެވޭ ކަމަށާއި، އައްޑޫގެ މަގުތައް މަރާމާތު ކުރުން ފަދަ މުހިންމު މަސައްކަތްތައް ކުރަނީ ކައުންސިލުން އަމިއްލައަށް ހޯދާ އާމްދަނީން ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ. މޭޔަރު މިހެން ވިދާޅުވީ، ކައުންސިލަށް ލިބޭ ފައިސާއިން މަގުތަކުގެ ވަޅުގަނޑުތައް ނުހެދޭ ނަމަ ކައުންސިލް އޮތީ ފެއިލްވެފައި ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.
ނިޒާރު ވިދާޅުވީ ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ ފައިސާއަކީ ކައުންސިލްގެ ހަރަދުތަކާ ބަލާއިރު ވަރަށް ކުޑަ މިންވަރެއް ކަމަށާއި، އެ ފައިސާއިން ކަރަންޓާއި ފެން ބިލަށް ވެސް ނުފުދޭ ކަމަށެވެ. ނަމަވެސް ކައުންސިލްގެ އާމްދަނީ 14 މިލިއަނުން 40 މިލިއަނަށް އިތުރުކޮށްފައިވާނެ ކަމަށާއި، އައްޑޫ ލިންކު ރޯޑު މަރާމާތު ކުރުމާއި ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ހިދުމަތްތައް ދެނީ ކައުންސިލުން އަމިއްލައަށް ހޯދާ ފައިސާއިން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ލިންކު ރޯޑުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވާތާ ދޮޅު އަހަރު ވާން ކައިރިވެފައިވާއިރު، އެއްވެސް މަސައްކަތެއް ނުހިނގާ އޮތް އޮތުމަކީ މިނިސްޓަރު ބައްލަވަންޖެހޭނެ ކަމެއް ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. ނިޒާރު ވިދާޅުވީ ކައުންސިލުން އަމިއްލަ ފައިސާ ހަރަދުކޮށްގެން ސަރުކާރަށް ވުރެ ގިނަ މަސައްކަތްތައް މިހާރު ވެސް އައްޑޫގައި ކުރަމުންދާ ކަމަށެވެ.
މަގުތައް ބެލެހެއްޓުމުގައި އައްޑޫ ސިޓީ ކައުންސިލް ވަނީ ފެއިލްވެފައި: މުއްތަލިބު އައްޑޫގައި ތެލުގެ އަގު އިންތިހާއަށް އުފުލިއްޖެ: ޕެޓްރޯލް ލީޓަރެއް 24 ރުފިޔާއަށް އައްޑޫގެ މުނިސިޕަލް ހިދުމަތްތައް ރަނގަޅުކުރަން މަޝްވަރާކޮށްފި އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ