އާ މިނިސްޓަރުންނަށް ހީނާ، އިރުތިޝާމް، ގީލާ އަދި އަލީ ޝަރީފް

އާ މިނިސްޓަރުންގެ ގޮތުގައި ހީނާ ވަލީދު، އިރުތިޝާމް އާދަމް، ގީލާ އަލީ އަދި އަލީ ޝަރީފް އައްޔަކުރައްވައިފިއެވެ.
ރައީސް އޮފީހުުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ ކެބިނެޓަށް އާ މިނިސްޓަރުން އައްޔަންކުރައްވައިފައެވެ. އަދި ބައެއް މިނިސްޓްރީތަކުގެ ނަންތަކަށް ބަދަލު ގެންނަވައި، ކުރިން ވެސް މިނިސްޓަރުކަމުގެ ތިއްބެވި ބޭފުޅުންތަކެއް ވަނީ މިނިސްޓަރުކަމަށް އަލުން އައްޔަންކުރައްވައިފައެވެ.
ހީނާ ވަލީދު – އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު
އިރުތިޝާމް އާދަމް – ފޮރިން މިނިސްޓަރު
ގީލާ އަލީ – ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު
އަލީ ޝަރީފް – ކެލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓަރު
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މިއަދުގެ ވަގުތެއްގައި ދިހަ މިނިސްޓަރަކު މަގާމުތަކުން ވަކިކުރައްވައިފައެވެ. ވަކިކުރެއްވި އެއްވެސް ބޭފުޅަކު އަލުން މިނިސްޓަރުކަމަށް އައްޔަންކުރައްވައިފައެއް ނުވެއެވެ.
ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން
ފޮރިން މިނިސްޓަރު ޑރ. އަބުދުﷲ ހަލީލް
ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް
ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު
ދިވެހި ލޭންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް
އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު މަރިޔަމް މާރިޔާ
ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ