މަގުމަތިން ބިދޭސީއަކަށް ހަމަލާދީގެން ސީރިއަސް ޒަހަމްތަކެއް

މަގުމަތީ ހުއްޓާ ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމުކޮށްލައިގެން ބިދޭސީއަކަށް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ވީ ކިހިނެއް؟ - މި ހަމަލާގަައި އަނިޔާވެފައިވަނީ އުމުރުން 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކަށެވެ. 
ތަފްސީލް - ފުލުހުން ރޭ ބުނީ، ތޫނު އެއްޗަކުން ހަމަލާދީގެން އޭނާ އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރު 1:08 ހާއިރު ކަމަށެވެ.
އޭނާއަށް ހަމަލާދީފައިވަނީ، ކަރަންކާ މަގުގައި ހުއްޓާ ކަމަށާއި އެ ހަމަލާގައި ކަރަށް ބޮޑެތި ޒަހަމުތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަންތަރު މުއްލާ، 28، ވަނީ ރޭ ހައްޔަރު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ