ނޫސްވެރިކަމުގައި ފަހަތަށް ދަނީ ސަރުކާރުގެ ސަބަބަކުން ނޫން: މުންދު

ނޫސްވެރިކަމުގެ މިނިވަންކަމުގައި ދަރަޖަ ދަށްވަނީ ހަމައެކަނި ސަރުކާރުގެ ސަބަބުން ނޫން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.މުންދު އެފަދައިން ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ގޮސްފައިވަނީ ސަރުކާރުން ކޮށްފައިވާ ކަމަކުންތޯ ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ. އެކަން އެގޮތަށް ދިމާވީ މަޖިލީހަށް ހުށަހެޅި ބިލެއްގެ ސަބަބުންތޯ ނުވަތަ އަލަށް އުފެއްދި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ސަބަބުންތޯ ނޫސްވެރިޔާ ސުވާލު ކުރި އެވެ.އެސުވާލަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، ބައެއް ނޫސްވެރިންނަށް ހީވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ފަހަތަށް ދަނީ ސަރުކާރުން ކުރާ ކަމަކުން ކަމަކުން ކަމަށެވެ. ޕްރެސް ފްރީޑަމް އިންޑެކްސް އެބޭފުޅުން މިނަ ކިރަނީ ހަމައެކަނި ސަރުކާރަކުން މީޑިއާތަކާއި އޮންނަ ގުޅުން އޮންނަނީ ރަނގަޅަށްތޯ ނުވަތަ ގޯސްކޮށްތޯ ބަލާފައި ނޫން ކަމަށް މުންދު ވިދާޅުވިއެވެ."ބައްލަވާ ޕްރެސް ފްރީޑަމް އިންޑެކްސް އެބޭފުޅުން މިނަ ކިރަނީ ހަމަ އެކަނި ސަރުކާރަކުން ނޫނޭ. ސަރުކާރުގެ ޕަފޯމެންސް ނުވަތަ ސަރުކާރަކުން މީޑިއާއާއި އޮންނަ ގުޅުން އޮންނަނީ ރަނގަޅަށްތޯ ގޯސްކޮށްތޯ، ތިރިއަށްތޯ މައްޗަށްތޯ، މަދުތޯ ގިނަތޯ އެކަންޏެއް ނޫނޭ. އޭގެ ޒިންމާ ތިބޭފުޅުން [ނޫސްވެރިން] ގެ ވެސް އޮވޭ" މުންދު ވިދާޅުވި އެވެ.ކޮންމެ އަހަރެއްގެ މިނިވަން ނޫސްވެރިކަމުގެ ދުވަސް ކަމަށްވާ މެއި 3 އާ ދިމާކޮށް އާންމުކުރާ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ އޮތީ 108 ވަނައިގަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 4 ދަރަޖަ ދަށް ވަނައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ