ދައުލަތުގެ ބަޖެޓުން އެކަނިވެރި މައިންނާއި ބަފައިންނަށް 15،000ރ. އާ ހަމައަށް އިނާޔަތް ދެވޭނެހެން ގަވާއިދަށް ގެނައި އިސްލާހު 24 ގަޑިއިރުގެ ތެރޭގައި ބަދަލުކޮށް އެންމެ ގިނަގެވެގެން ދެވޭނެ މިންވަރު 12،000ރ. ކަމަށް އިއްޔެ ކަނޑައެޅި އެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް މިހާތަނަށް އިނާޔަތުގެ ގޮތުގައި ދެމުން އައީ މަހެއް މައްްޗަށް ކޮންމެ ކުއްޖަކަށް 1،000ރ. އެވެ. އަދި އެންމެ ގިނަވެގެން ދެމުން އައީ މަހެއްގެ މައްޗަށް 10،000ރ. އެވެ.
އެންސްޕާއިން ބުރާސްފަތި ދުވަހު ގަވާއިދަށް ގެނައި ބަދަލުގައި އޮތީ ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް ދެމުން އައި އިނާޔަތް ވަނީ 3،000ރ. އަށް ބޮޑުވެފަ އެވެ. ހަތަރަކަށްވުރެ ގިނަ ކުދިން ތިބި ބެލެނިވެރިއެއްނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް ދޭނީ 1،000ރ. އެވެ. މި އުސޫލުން އެންމެ ގިނަވެގެން ލިބޭނީ 15،000ރ ކަމަށް ކަނޑައަޅާފައި އޮތެވެ.
ނަމަވެސް، ގެނައި ބަދަލާއެކު ހަތަރު ކުދިންނަށްވުރެ ގިނަ ކުދިން ތިބި ނަމަވެސް އިތުރު ފައިސާއެއް ނުލިބޭނެ އެވެ. އިނާޔަތުގެ ގޮތުގައި ލިބޭނީ ހަތަރު ކުދިންނަށް، ކޮންމެ ކުއްޖަކަށް ދޭ 3،000ރ. ގެ މަގުން 12،000ރ. އެވެ. އެހެންވެ، ކުރިން 10،000 ލިބޭ އެކަނިވެރި މަޔަކަށް ނުވަތަ ބަޔަކަށް އިތުރަށް ލިބޭނީ 2،000ރ. އެވެ.
މި ބަދަލު ގެނައި ސަބަބެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. މިކަމާ ގުޅިގެން އެންސްޕާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
މި ފެށޭ ޖެނުއަރީ މަހުން ފެށިގެން އެކަނިވެރި މައިންނާއި ބަފައިންގެ އެލަވެންސް ބޮޑުކުރަން ނިންމަވާ މުއިއްޒު އެކަން އިއުލާނުކުރެއްވީ މިދިޔަ އޮކްޓޯބަރު މަހު އެވެ. އެ ފައިސާ އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި ވެސް ވަނީ ހިމަނާފަ އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެކަނިވެރި ބެލެނިވެރިންގެ އިނާޔަތް ދޭންޖެހޭ 5878 މީހުން މިވަގުތު އެބަތިއްބެވެ. މި އިނާޔަތް ބޮޑުކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.
ހުލާސާކޮށް އިއްޔެ: ބޮޑުކުރި އެލަވަންސް ކުޑަކުރުން ހުލާސާކޮށް އިއްޔެ: ބޮޑުކުރި އެލަވަންސް ކުޑަކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ