މެންޗެސްޓާ (ޑިސެމްބަރު 27) - އިނގިރޭޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި، ޕެޓްރިކް ޑޯގޫ ޖެހި ހަމައެކަނި ގޯލުން މެންޗެސްޓާ ޔުނައިޓެޑުން 1-0 އިން ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވެއްޖެ އެވެ.
މި ނަތީޖާއާ އެކު، ޔުނައިޓެޑް ވަނީ ލީގުގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ، 18 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ. ނިއުކާސަލް އޮތީ 18 މެޗުން 23 ޕޮއިންޓާ އެކު 11 ވަނައިގަ އެވެ.
ފުރަތަމަ ޓީމުގެ ހަތް ކުޅުންތެރިން ނުލައި، ޔުނައިޓެޑަށް ކުޅެން ޖެހުނު ރޭގެ މެޗު ކުޅެން ޖެހުނު ނަމަވެސް ޖުމްލަކޮށް ބަލާއިރު ޑިފެންސްކޮށްގެން ރޭގެ މެޗުގައި އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި އެވެ. ޔުނައިޓެޑުން މެޗުގައި ޖެހި ހަމައެކަނި ލަނޑު 24 ވަނަ މިިނިޓްގައި ކާމިޔާބުކުރީ ޑޯގޫ އެވެ. ޔުނައިޓެޑްގެ ޑިއޯގޯ ޑަލޯ އެއްލި ދިގުއެއްލުމެއްގައި ނިއުކާސަލްގެ ކުޅުންތެރިންނަށް ރަނގަޅަށް ސާފުނުކޮށްލެވި، ޑޯގޫ އަށް ލިބުމުން އޭނާ ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ޔުނައިޓެޑަށް ލީޑުފުޅާކޮށްދޭން ބެންޖަމިން ސެސްކޯ ފޮނުވާލި ބޯޅައެއް ގޯލުގެ ހުރަސްދަނޑީގައި ވަނީ ޖެހިފަ އެވެ. އަދި، ޑަލޯ އަށް ވެސް ލަނޑު ޖަހަން ލިބުނު ފުރުސަތު ބޭނުމެއް ނުކުރެވުނެވެ.
ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަަވެސް ނިއުކާސަލް އަށް މި މެޗުގައި ގޯލެއް ޖެހޭ ގޮތެއްނުވި އެވެ. އެ ޓީމުގެ ލެވިސް ހޯލް ޖެހި ބޯޅައެއް ވަނީ ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. ނިއުކާސަލް މި ވަނީ އެންމެ ފަހުން ރަށުންބޭރުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން ހަ މެޗުން ބަލިވެފަ އެވެ.
ޑޯގޫގެ ގޯލުން ޔުނައިޓެޑުން ނިއުކާސަލް ބަލިކޮށްފި ޑޯގޫގެ ގޯލުން ޔުނައިޓެޑުން ނިއުކާސަލް ބަލިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ