އިންޓަވިއު ނުދިން މައްސަލައިގައި މިސްރު ޓީމު 5000 ޑޮލަރުން ޖޫރިމަނާކޮށްފި އިންޓަވިއު ނުދިން މައްސަލައިގައި މިސްރު ޓީމު 5000 ޑޮލަރުން ޖޫރިމަނާކޮށްފި

ކަސަބްލަންކާ، މޮރޮކޯ (ޑިސެމްބަރު 26) - އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފުރަަތަމަ މެޗުގައި ޒިމްބާބްވޭ އަތުން 2-1 އިން މިސްރު މޮޅުވި މެޗަށް ފަހު، އިންޓަވިއުދޭން މަޑުނުކޮށް ދިޔަ މައްސަލައިގައި މިސްރު ޓީމު ޖޫރިމަނާކޮށްފި އެވެ.
އެފްރިކާގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ މިސްރުން ޒިމްބާބްވޭ ބަލިކުރީ އިތުރު ވަގުތުގައި ޓީމުގެ ކެޕްޓަން، މުހައްމަދު ސަލާހު ޖެހި ގޯލުންނެވެ.
އެ މެޗަށް ފަހު ދަނޑުން ނުކުމެގެން މިސްރު ޓީމުން ދިޔައިރު، މިކްސް ޒޯނުގައި ނޫސްވެރިންނާއި މީޑިއާ އިން މަޑުކޮށްގެން ތިއްބައި، ދިޔައީ އެއްވެސް ވަރަކަށް މީޑިއާ އިން އިންޓަވިއުކުރަން ފުރުސަތު ނުދީ އެވެ. މިއީ، މުބާރާތުގެ ގަވާއިދުގައި ވެސް އަދަބު ލިބޭ ކަމެއްގެ ގޮތުގައި ހިމަނާފައިވާއިރު، މިސްރު ޓީމަށް މި ކަމާ ހެދި ވަނީ 5000 ޑޮޮލަރުގެ ޖޫރިމަނާއެއް އަތުވެފަ އެވެ.
މިސްރުން ވަނީ މޮރޮކޯގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕްގައި ކުޅުނު ދެ ވަނަ މެޗުން 1-0 އިން ދެކުނު އެފްރިކާ ބަލިކޮށް މުބާރާތުގެ ގަދަ 16 ބުރުން ޖާގަ ހޯދައިފަ އެވެ. މި މެޗުގައި މިސްރުގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ވެސް ސަލާހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ