ރިފެރެންޑަމް ވޯޓު އަދި ހުދުމުހުތާރުކަމާ ދެކޮޅު ހަދަން އެމްޑީޕީ އިން ބޮޑު އެއްވުމެއް ބާއްވަނީ ރިފެރެންޑަމް ވޯޓު އަދި ހުދުމުހުތާރުކަމާ ދެކޮޅު ހަދަން އެމްޑީޕީ އިން ބޮޑު އެއްވުމެއް ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބާއްވަން ނަގާ ފެންނަނުފެންނަ ވޯޓާއި ރައީސް މުހައްމަދު މުއިއްޒުގެ "ހުދުމުހުތާރު ވެރިކަމާ" ދެކޮޅު ހަދަން މުޒާހަރާއެއް ކުރަން އިދިކޮޅު އެމްޑީޕީ އިން ނިންމައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުޒާހަރާ އިއުލާނު ކުރީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ. އޭނާ ވިދާޅުވީ މުޒާހަރާ ބާއްވާނީ މާޗް 21، ގައި ކަމަށެވެ. އެ މުޒަހަރާގައި ވީހައިވެސް ގިނަ ބަޔަކު ބައިވެރިވާން އެމްޑީޕީން އެދުނެވެ.
މުޒާހަރާ ރޭވުމަށާއި ރިފަރެންޑަމް ވޯޓާ ދެކޮޅު ހެދުމުގެ ގޮތުން ސިލްސިލާ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވެސް މިއަދު އެމްޑީޕީ އިން ނިންމި އެވެ. އަދި އެ މަސައްކަތް ކުރަން ކޮމިޓީއެއް ވެސް ވަނީ ހަމަޖައްސައިފަ އެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ އެ ކޮމިޓީގެ ފަރާތުންނެވެ.
އޭގެ އިތުރުން، ރިފަރެންޑަމް ނަގަން ފުރުސަތު ލިބޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ރިފަރެންޑަމެއް ބާއްވަން ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ބާތިލް ކުރަން ހައި ކޯޓަށް ދާން ތައްޔާރުވަމުންދާ ކަމަށް ވެސް އެމްޑީޕީ އިން މިއަދު ބުންޏެވެ.
"އެންމެ ފުރަތަމަ ކަމަކަށް ވެސް މިކަމާ ގުޅޭގޮތުން ބެލި ބެލުމުގައި ފާހަގަވެގެން މިދިޔައީ މިކަމާ ގުޅިގެން ގާނޫނަށް ގެނެވުނު ބަދަލު އަދި ގާނޫނު އަސާސީއަށް ގެނެވުނު ބަދަލާ ހިލާފަށް މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ގަރާރުވެސް މިއޮތީ،" މައުރޫފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ