އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޕެނަމާ ކެނަލް އަނބުރާ ހޯދުމަށް ގެންގުޅުއްވާ ޝައުގުވެރިކަން އަދިވެސް އެބައޮތްކަން ހާމަކުރައްވައިފިއެވެ.
ޖެނުއަރީ 20، 2025 ގައި ބޭއްވި ޓްރަމްޕްގެ ދެވަނަ ދައުރުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި، އެމަނިކުފާނު ވަނީ "އަހަރެމެން އެ (ކެނަލް) އަނބުރާ ބަދަލުކުރާނަން" ކަމަށް ވިދާޅުވެ، ޕެނަމާ ކެނަލްގެ ކޮންޓްރޯލް ހޯދުމުގެ ރޭވުމެއް އޮތްކަން ހާމަކުރައްވާފައެވެ.
މި ޝައުގު ފުރަތަމަ ހާމަކުރެއްވީ ކެމްޕޭނުތެރޭގަ އެވެ.
ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ޕެނަމާ ކެނަލްއާ ގުޅޭ ގޮތުން ދައްކަވާ ވާހަކަތައް މަދުވެ، ޓްރަމްޕުގެ ސަމާލުކަން ގްރީންލޭންޑް ހޯދުމުގެ މަސައްކަތަށް ބޮޑަށް ހުއްޓިފައިވާ ކަމަށް ފާހަގަކުރެވެ އެވެ. ނަމަވެސް، އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ސުވާލު އަނެއްކާވެސް ފެންމަތި ކުރި އެވެ.
ޕެނަމާ ކެނަލް އަދިވެސް އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޓްރަމްޕް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ވިދާޅުވީ "އެވާހަކަ ކިޔައިދޭކަށް ބޭނުމެއް ނޫން،" ކަމަށެވެ.
ނަމަވެސް، އޭގެ ފަހުން އިތުރުކޮށްލެއްވިއެވެ؛ "އެއްގޮތަކުން އާނއެކޭ ބުނެވިދާނެ. އެއްގޮތަކުން އާނއެކޭ."
މި ޖަވާބާއެކު، ޕެނަމާ ކެނަލްގެ މައްސަލައަކީ ޓްރަމްޕްގެ ޚާރިޖީ ސިޔާސަތުން މުޅިން އުނިވެފައިވާ ކަމެއް ނޫންކަން މިވަނީ ހާމަވެފައެވެ.
މީގެ ގަރުނަކަށް ވުރެ ކުރިން 1900 އަހަރުތަކުގެ ކުރީކޮޅުގައި އެމެރިކާ އާއި ޕެނަމާއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އެމެރިކާއިން ޕެނަމަ ކެނަލް ހެދި އެވެ. އެއަށް ފަހު 1999 އާ ހަމައަށް ކެނަލް ބަލަހައްޓަމުން ދިޔައީ އެމެރިކާ އާއި ޕަނަމާ ގުޅިގެންނެވެ. ނަމަަވެސް ޑިސެންބަރު 31، 1999 އިން ފެށިގެން އެ ކެނަލް ހިންގުމުގެ ހުރިހާ ބާރެއް ޕެނަމާއަށް ދިނެވެ.
އެމެރިކާ އާއި ޕެނަމާއާ ދެމެދު 1903 ގައި ހެދި އެއްބަސްވުމުގެ ދަށުން އެ ކެނަލް އެމެރިކާއިން ތަރައްގީ ތަރައްގީކޮށް ނިންމީ 1914 ވަނަ އަހަރު އެވެ.
ޕެނަމާ ކެނަލް އަތުލުމުގެ ޝައުގުވެރިކަން ޓްރަމްޕް ދޫކޮށެއް ނުލާ ޕެނަމާ ކެނަލް އަތުލުމުގެ ޝައުގުވެރިކަން ޓްރަމްޕް ދޫކޮށެއް ނުލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ