ޞިއްޙީ ބޮޑެތި ގިނަ މައްސަލަތަކަކަށް ފަރުވާލިބުމުގެ އިތުރުން ހަންގަނޑުން ލައްފިލުވައި ތާޒާކޮށްދޭ ބުއިމެއް!

ދޮންކޮޔޮ ތޮށްޓާއި ފޮނި ތޮށި: 
ދޮންކެޔޮ ތޮށްޓާއި ފޮނި ތޮށި އެއްކޮށްލައިގެން ބޭނުން ކުރުމުން ތިބާގެ ސިއްޙަތު މުޅިން ބަދަލު ކޮށްލެވިދާނެއެވެ. 
ތިބާގެ ބްލަޑް ޝުގަރ މަތިވެ ދަށް ނުވެގެން އުޅެންޖެހޭތޯ؟
ތިބާގެ ލިވާ ފުރިފައިވަނީ ޓޮކްސިންސް އިންތޯ؟
ހަންގަނޑުގައި ހުންނަ ރޫތައް ފިލުވުމަށް ބޮޑެތި ޚަރަދުކޮށް ކްރީމް ގަނެގެންވެސް ބަދަލެއް ނާދޭތޯ؟ 
ޔުނިވަރސިޓީ އޮފް ޓޯކިޔޯގެ ރިސާޗަރުން ކަށަވަރު ކޮށްދެއްވާފައި ވަނީ ރީތިކޮށް ދޮންވެފައިވާ ދޮންކެޔޮލުގެ ތޮށްޓާއި ކަރަންފޫ އަކީ ބްލަޑް ޝުގަރ ދަށް ކުރުމަށް އޮތް ޤުދުރަތީ ފަރުވާއެއް ކަމަށެވެ. 49 ޕަސެންޓަށް ބްލަޑް ޝުގަރ ދަށް ކޮށްދެއެވެ. އަދި ހަމަ އެންމެ 72 ގަޑި އިރުތެރޭގައި ލިވާރ ޑިޓޮކްސިފައި ކޮށްދެއެވެ. މީގެ އިތުރުން ހަންގަނޑުގައި ހުންނަ ކަޅު ލައްތަކާއި ރޫތައް ފިލުވުމަށް ބޭނުން ކުރާ ހުރިހާ ކްރީމަކަށް ވުރެ ރަނގަޅަށް ރޫތަކާއި ލައްތައް ފިލުވައިދެއެވެ.
ބޭނުންވާނެ ތަކެތި:
·      2 ދޮންކެޔޮ ވަކުގެ ތޮށި
·      2/1 ސަމުސާ ސިލޯނުގެ މޮޅު ފޮނިތޮށި ( މުގުރާފައި)
·      3 ބޭލީވްސް
·      7 ކަރަންފޫ (ނުމުގުރާ)
·      2/1 ސައިސަމުސާ އިނގުރު ޕައުޑަރ 
ދޮންކެޔޮ ވަކުގެ ތޮށި، ( ތޮށިގަނޑު އެއްކޮށް ކަޅުވެފައިވާނަމަ އަދި މާ ރަނގަޅެވެ) ވަޅިއަކުން ތޮށިތައް ކޮށާލާށެވެ. ދެން އެއްކޮށްލާނީ ފޮނިތޮށިކޮޅެވެ. އާންމުކޮށް ހުންނަ ވައްތަރުތަކުގައި ޓޮކްސިންގެ ބައި މާ ގިނައިން ހުރެއެވެ.  
ޑައިބެޓިކްސް ޖާނަލްގައި ބުނާގޮތުން ފޮނިތޮށިން އެކަނިވެސް %29 އަށް ބްލަޑް ޝުގަރ ދަށްކޮށްދެއެވެ. އޭގެ ތެރެއަށް 3 ބޭލީވްސް އެއްކޮށްލާށެވެ. މި ފަތަކީ ހިޑްން އިންފްލެމޭޝަންތައް ނައްތާލަދޭ އެއްޗެކެވެ. އެއަށް ފަހު 7 ކަރަންފޫ އެއްކޮށްލާށެވެ. އެއްގޮތަކަށްވެސް ކަރަންފޫ ނުމުގުރާށެވެ. ކަރަންފޫގައި ގިނަ އަދަދަކަށް އޫޖިނަލް ހުރެއެވެ. އެއީ ގުދުރަތީ އެންޓި އިންފްލެމެންޓަރީ މާއްދާއެކެވެ. އެއީ އައިބީޕްރޮފައިން އަށް ވުރު ތިންގުނަ ބާރުގަދަ މާއްދާއެކެވެ. މީގެ އިތުރުންވެސް ކަރަންފުލަކީ ރިހުންތަކަށްވެސް އޮތް ގުދުރަތީ ފަރުވާއެކެވެ. ހުޅުހުޅުގެ ރިހުމުގެ އިތުރުން އިންފްލެމޭޝަންއަށްވެސް ކަރަންފުލުން ފަރުވާކުރެވެއެވެ. ދެން އެއްކޮށްލާނީ އިނގުރު ޕައުޑަރ ކޮޅެވެ. އިނގުރު ދިޔައަކީ ބަނޑުގެ ސަރުބީ 4 ގުނަ އަވަހަށް ވިރުވާލަދޭ އެއްޗެކެވެ. އަދި ހަމަ އެންމެ 48 ގަޑިއިރުތެރޭގައި ލޭ ޑިކޮކްސިފައި ކޮށްދެއެވެ.
ހުރިހާ އެއްޗެއް އެއްކޮށް ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ތެއްޔަކަށް އެއްކުރި އެއްޗެހި އަޅާލާށެވެ. އަދި 500  މިލިލީޓަރުގެ ފެން އެއްކޮށްލުމަށްފަހު ރަނގަޅަށް ކައްކާލާށެވެ. ގާތްގަނޑަކަށް 8 މިނިޓްވަންދެން ކައްކާލާށެވެ. އުނދުން ނިއްވާލުމަށްފަހު ތެލީގައި މަތިޖަހާ ބަންދުކޮށްލާފައި 5 މިނިޓް ބަހައްޓާލާށެވެ.  
ފުރާނާލުމަށްފަހު ކޮންޓެއިނާރ އަކަށް އަޅާލާށެވެ. ތާފަނާކޮށް ހުއްޓައި މީގެ ތަށްޓެއް ބޯލާށެވެ. ބޮޑަށް ރަނގަޅީ ހެނދުނުގެ 10 ޖެހުމުގެ ކުރިން ބުއިމެވެ. ސަބަބަކީ އެއީ ލިވާ އެންމެ ރަނގަޅަށް ނިޔުޓްރިއެންޓްސް ލިބިގަންނަ ވަގުތެވެ.  
ޑައިބެޓިކްސް ނުވަތަ ބްލަޑް ޕްރެޝަރ ބޭސް ބޭނުން ކުރައްވާނަމަ، މި ބޭނުން ކުރުމުގެ ކުރިން ޑޮކްޓަރުގެ ލަފާ ހޯއްދަވާށެވެ.
 
- މަޢުލޫމާތު: ޞިއްޙީ ޚަބަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ