ސަރުކާރުގެ މަސްކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯގެ) އެމްޑީ އަދި ސީއީއޯގެ މަގާމުުގައި ހުންނެވި، ފަރުހަތު ޝަހީރު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޕީސީބީން އެކަން ރަސްމީކޮށް އަދި އިއުލާން ނުކުރި ނަމަވެސް ފަރުހަތު ވަނީ އެކަން ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
ފަރުހަތު އިސްތިއުފާ ދެއްވާފައި މިވަނީ، މިފްކޯ އިން ވިއްކާ ދަޅުމަހުގެ އަގު މި މަހުގެ ހަވަނަ ދުވަހު ބޮޑުކުރުމަށް ފަހު، ހަމަ އެ ދުވަހު އަލުން ކުރީގެ އަގަށް ތިރިކުރި އިރު، މަސްދަޅުގެ އަގު ބޮޑުކުރީ ސަރުކާރަށް ނޭނގި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނިކޮށެވެ.
މިފްކޯގެ ސީއީއޯ އަދި އެމްޑީ ކަމަށް ފަރުހަތު އައްޔަންކުރީ މިދިޔަ އަހަރުގެ މާޗު 5 ގަ އެވެ. އެ މަގާމަށް އޭނާ އައްޔަން ކުރެއްވީ އެ މަގާމުގައި ހުންނެވި ސްވިޓްޒަލެންޑްގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް އެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ފަރުހަތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އެވެ. އޭނާ ސިފައިންގޭގެ ހިދުމަތުން ރިޓަޔާ ކުރެއްވީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ ސީއީއޯކަންވެސް ކުރެއްވި އެވެ.
މަސްދަޅުގެ އަގުބޮޑު ކުރީ ސަރުކާރަށް ނޭނގި ކަމަށް ބުނެފައިވަނިކޮށް ފަރުހަތު އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ