ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރަމަޟާން މަހުގެ ފަހު 15 ގައި ޢުމްރާއަށް ދިޔަ ފަރާތްތައް ރާއްޖެ އަންނަން ފުރައިފިއެވެ. މިގްރޫޕްގައި 300 އަށްވުރެ ގިނަ ޢުމްރާވެރިން ހިމެނެއެވެ. ފްލައިޓު ވޭލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސާނެކަމަށް ލަފާކުރެވެނީ ދަންވަރު 1:40 ހާއިރުއެވެ.
ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ރަމަޟާން މަހުގެ ފަހު 15ގައި ޢުމްރާގެ އަޅުކަން އަދާކުރުމަށް 316 ޢުމްރާވެރިންވަނީ މައްކާއަށް ގޮސްފައެވެ. ފަހު 15 އާއި 6 ރޯދައިގެ އަޅުކަން ނިންމުމަށްފަހު މިހާރު ޢުމްރާވެރިންމިވަނީ ރާއްޖެއަށް އައުމަށް ފުރާފައެވެ. ޢުމްރާވެރިންވަނީ މިމުއްދަތުގެ ތެރޭގައި މައްކާ މަދީނާގެ އިސްލާމީ ތާރީޚާއި ގުޅުންހުރި މުހިއްމު ތަންތަނަށް ޒިޔާރަތްކޮށްފައެވެ. މީހެ އިތުރުން ޠާއިފަށްވެސް ޢުމްރާވެރިންވަނީ ދަތުރުކޮށްފައެެވެ.
މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ޢުމްރާއަށް މީހުން ގެނައުމަށް ކޯޕަރޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނަކީ އިންތިޒާމުތައް އެންމެ ރަނގަޅު އަދި އެންމެ ގިނަ ޢުމްރާވެރިންނަށް ޚިދުމަތް ފޯރުކޮށްދެވުނު އަހަރުކަމަށް ކޯޕަރޭޝަނުން ވިދާޅުވެއެވެ. ކޯޕަރޭޝަންގެ ޙަވާލުގައި މިއަަހަރު 600 އަށްވުރެ ގިނަ ޢުމްރާވެރިންވަނީ މައްކާއަށް ގޮސްފައެވެ. މީގެތެރޭގައި މުޅި ރަމަޟާން މަހުގެ ޢުމްރާއަށް އައި ފަރާތްތަކާއި ފަހު 15 ގެ ޢުމްރާވެރިން ހިމެނެއެވެ. މީގެ އިތުރުން ޢުމްރާއަށް ގެންދިޔުމަށް ފައިސާ ދެއްކުމަށްފަހި އެގްރޫޕުން ޚިޔާނާތްތެރިވި 40 އަށްވުރެ ގިނަ ޢުމްރާވެރިންވެސް މީގެތެރޭގައި ހިމެނެއެވެ.
ފަހު 15ގައި ޢުމްރާއަށް ދިޔަ މީހުން ރާއްޖެ އަންނަން ފުރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ