މިހާތަނަށް އެންމެ މަދުން ފަތުރުވެރިން އައީ މި މަހު

މި އަހަރުގެ މިހާތަނަށް އެންމެ މަދުން ފަތުރުވެރިން އައީ މި މަހު ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށްވެސް މި ހަމަލާތައް ދަނީ ފޮނުވަމުންނެވެ. މި ނުތަނަވަސްކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ވަނީ އޭގެ ނޭދެވޭ އަސަރު ފޯރަން ފަށާފައެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް މި މަހު ރާއްޖެއަށް ޒިޔާރަތް ކުރީ 145,728 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 254,365 ފަތުރުވެރިޔަކު ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ.
މިދިޔަ އަހަރު މި މުއްދަތާ ބަލާއިރު، މިއީ 18.1 އިންސައްތައިގެ ދަށްވުމެކެވެ.
މި އަހަރުގެ މިހާތަނަށް ޖުމްލަ 627,496 ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 610,805 ފަތުރުވެރިންނެވެ. މިއީ 2.7 އިންސައްތައިގެ އިތުރުވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ