ސަރުކާރުން ރައްޔިތުންނަށް ދޭން ނިްމާފައިވާ ހިދުމަތްތައް ފަހިކޮށްދިނުމުގެ ބައިވެރިޔަކީ ކައުންސިލްތައް ކަމަށާއި އެހެންކަމުން އެ ތަޞައްވުރުތައް ހަގީގަތަކަށް ހެދުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާނެ މީހަކަށް ވާނެ ކަމަށް ޕީއެންސީގެ މާލޭ ސިޓީ ކައުންސިލް މޭޔަރަލް ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެއެވެ.
ޕީއެންސީން ބޭއްވި ކެމްޕެއިން ޖަލްސާގައި މޫސާ އަލީ ޖަލީލް ވަނީީ ރައީސް މުޢިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު އެކަށައެޅުއްވި ސްޓްރެޓީޖިކް ޕްލޭން މިހާރު އޮތްތޯ ސުޥާލު އުފައްދަވާފައެވެ. އެއީ މާލޭގެ ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެން ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތަށް އެކުލަވައިލެވުނު ޕްލޭނެއް ކަމަށްވާއިރު އެ ޕްލޭން ފެންނާން ނެތްކަން ފާޙަގަކުރެއްވިއެވެ.
މޫސާ އަލީ ޖަލީލް ވިދާޅުވީ މާލެސިޓީގެ އެތައް ރައްޔިތުންނަކާ ގުޅިފައިވާ އެންމެ އަސާސީ ޙައްޤަކީ ބޯހިޔާވަހިކަން ކަމަށެވެ. އެއީ ރައީސް މުޢިއްޒު މާލޭގެ މޭޔަރަކަށް ވަޑައިގެން އެކުލަވައިލެއްވި ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި ނަންބަރު 1 ގައި އޮތް ޚިދުމަތް ކަން އޭނާ ފާހަގަކުރެއްވިއެވެ. މިއަދު އެމަނިކުފާނު އެކަމަށް ޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތް މާލޭގެ ރައްޔިތުންނެކޭ އެއް ފަދައިން ދިވެހި ކޮންމެ ރައްޔިތަކު މިދަނީ ދެކެމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މޫސާ އަލީ ޖަލީލް ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ދެ ކޮންނަ ބޯޓު، މިހާރު ވެސް އެ މަސައްކަތުގައި ރަސްމާލެ ހިއްކުމުގައި ދަނީ މަސައްކަތްކުރަމުން ކަމަށެވެ. މީގެ އަނެއް ބަޔަކީ މާލޭގައި ކުދިކުދި ބިންކޮޅުގައި އުޅޭ ރައްޔިތުންނަށް ތަނަވަސް ގޮތެއް ހޯދައިދިނުން ކަމަށާއި ފުލެޓު ނަމަވެސް، ގޯތި ނަމަވެސް ކޮންމެ ވެސް ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަށް އޭނާ ވިދާޅުވީއެވެ. މި ފަދަ ހުރިހައި ކަމަކަށް ސީދާ ރައްޔިތުންގެ އަރިހަށް ވަޑައިގެން އަޑު އައްސަވައިގެން ރައީސް ގެންދަވަނީ ހައްލުތައް ދެއްވަމުން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
”މި ކަމުގައި ރައްޔިތުންނާ ގުޅިގެން ސަރުކާރުގެ ތަޞައްވުރުތައް ހަގީގަތަކަށް ހެދުމުގައި އެންމެ އިސް ދައުރެއް އަދާކުރަން ތިބޭނީ ކޮންބައެއްތޯ؟ މާލެ ސިޓީ ކައުންސިލް އެހެން ނޫންތޯ؟ އެހެންވީމާ ސަރުކާރުން ރައްޔިތުންނަށް ދެއްވަން ނިންމަވާ މި ފަދަ ޚިދުމަތްތައް ފަހިކޮށް ދިނުމުގެ ބައިވެރިޔަކީ ކައުންސިލް. އޭގެ އެންމެ އިސް މީހަކީ މާލެ ސިޓީގެ މޭޔަރު. އެހެންކަމުން ކައުންސިލާއި މޭޔަރު އެބަ ވާން ޖެހޭ އަމިއްލަ ޖަޒުބާތަށް ވުރެ، ރައްޔިތުންގެ ވޭންތަކަށް އިޙްސާންތެރި އޯގާވެރިޔަކަށް“
މޫސާ އަލީ ޖަލީލް ވިދާޅުވީ ގެދޮރުގެ ދަތިކަމުން ރައްޔިތުން ސަލާމަތްކޮށްދޭން މަޖުބޫރުވާ ކަމަށާއި އޭނާ ތެދުވެ ހުރީ އެ ގޮތުގައި މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ބިންވެރިކަން ކަށަވަރުކޮށްދިނުމުގައި ސަރުކާރަށާއި ރައްޔިތުންނަށް ފުރިހަމަޔަށް އެއްބާރުލުންދީ، އިސްވެ އެކަމުގައި ހަރަކާތްތެރިވުމަށް ކަމަށެވެ.
މީގެއިތުރަށް މޫސާ އަލީ ޖަލީލް ވިދާޅުވީ މާލޭގައި ދެވަނަޔަށް އެންމެ ބޮޑު މައްސަލަޔަކީ މަގުތަކާ ގުޅިފައިވާ މައްސަލަތައް ކަމަށެވެ. މަގުތަކުގެ މައްސަލަތައް ހައްލުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށާއި މާލޭގެ މަގުތަކުގައި ވެހިކަލް ޕާކްކުރުމުގައި ހުރި ގިނަ މައްސަލަތަކާއި، ވަކީން ޚާއްސަކޮށް، ހަނި މަގުތަކާއި ގޯޅިތަކާއި ކަންމަތިތަކުގައި ޕާކްކުރަމުންދާ ގޮތުގެ ސަބަބުން ހުރިހާ ފަރާތްތަކަށް ކުރިމަތިވަމުންދާ މައްސަލަތަކަށް ރަނގަޅު ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރާއެކު ވަރަށް ފުޅާ ދާއިރާއެއްގައި، ފުރަތަމަ ހަފްތާއިން ފެށިގެން ރޭވުންތެރި މަސައްކަތްތަކެއްކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ރައްޔިތުންނަށް ދޭން ނިންމާފައިވާ ހިދުމަތްތައް ފަހިކޮށްދިނުމުގެ އިސް ބައިވެރިއަކަށް ވާނަން: މޫސާ އަލީ ޖަލީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ