ހުޅުމާލޭގައި ކަފިހި ހުރަސް މަތީ ހުރި މީހެއް ގައިގައި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގެ މައްސަލަ ފުލުހުންގެ ޚިދުމަތުން ތަހުޤީޤުކުރަން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ، ހުޅުމާލެ 2ވަނަ ފިޔަވަހީގެ ހިތިގަސް މަގު އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ސައިކަލު ކަހާލައިގެން ގޮސް ޖެހުނީ ކަފިހި ހުރަހުން މަގު ހުރަސްކުރި ދިވެހި ފިރިހެނެއްގައިގައެވެ. ފުލުހުން ވިދާޅުވީ މި ހާދިސާ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
މި އެކްސިޑެންޓުގައި ކަފިހި ހުރަހުން ހުރަސް ކުރި ފިރިހެން މީހާއަށް އެކިވަރުގެ އަނިޔާވެ، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާ ތަހުޤީޤު ކުރަމުންދާ ކަމަށެވެ.
މަގު ހުރަސްކުރި މީހެއް ގައިގަ ސައިކަލަކުން ޖެހުނު މައްސަލައެއް ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ