ކުރީގެ ތިން ރައީސުން މިރޭ ބޭއްވި ބައްދަލުވުމަށް ފަހު މުޒާހަރާގައި ބައިވެރިވުމަށް ރަސްފަންނަށް ދިޔުމަށް މަސައްކަތް ކުރެއްވުމުން ފުލުހުން ހުރަސްއަޅައިފި އެވެ.
ރައީސް މުހައްމަދު ނަޝީދާއި، ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތް ކުރެއްވީ ސަޕޯޓަރުންނާ އެކު ރަސްފަންނަށް ދިޔުމަށެވެ.
އެހެން ނަމަވެސް ރަޔަޓް ގިއަރުގައި ތިބި ގިނަ އަދަދެއްގެ ފުލުހުން އަންނަނީ ޝީލްޑް ބޭނުންކޮށް ތިން ރައީސުންނާއި ސަޕޯޓަރުންނަށް ހުރަސްއަޅައިފަ އެވެ.
ގާނޫނަށް ގެނައި ބަދަލުގެ ދަށުން މާލޭގައި ހުއްދަ ހޯދުމަކާ ނުލާ މުޒާހަރާ ކުރެވޭ ސަރަހައްދުތަކުގެ ތެރޭގައި ރަސްފަންނު ހިމެނެ އެވެ. އެހެންކަމުން ފުލުހުން ހުރަސްއަޅަމުން ދަނީ ގާނޫނާ ހިލާފަށެވެ.
ކުރީގެ ތިން ރައީސުންނާއި ސަޕޯޓަރުން ރަސްފަންނަށް ދިޔުމަށް ހުރަސްއަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ