ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ނޯތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ރޭ ބުނީ، އެ ސަރަހައްދުގެ ރަށަކުން ޖިންސީ ގޯނާގެ އެ މައްސަލައިގެ ރިޕޯޓު ލިބުނީ މިދިޔަ މަހުގެ 27ގައި ކަމަށެވެ.
ތަފްސީލް - މައްސަލައިގެ ތުހުމަތުގައި 32 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. 
މި މައްސަލަ ފުލުހުންނާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެނގުން މުހިންމު - މިފަދަ މައްސަލަތަކުގައި ކުދިންގެ ކަރާމާތް ރައްކާތެރިކުރުމަށްޓަކައި ކުއްޖާގެ ވަނަވަރާއި ރަށާއި އަތޮޅު އަދި މައްސަލަ ހުށަހަޅާ ރަށާއި އަތޮޅު ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ