މިއަދު ގޫގުލް ހޯމް ޕޭޖުގައި ރާއްޖޭގެ ރަށެއް

އާތްޑޭ މިއަދު ފާހަގަ ކުރަމުންދާއިރު ގޫގުލް ފްރަންޓް ޕޭޖުގައި ހިމެނިފައިވަނީ ރާއްޖޭގެ ށ. އެރިޔަދޫ އެވެ.
ދުނިޔޭގެ އެންމެ ގިނަ ބަޔަކު ވަންނަ އެއް ސައިޓް އަދި އެންމެ މަގުބޫލް ސާޗް އިންޖިން ކަމަށްވާ ގޫގުލްގެ ހޯމް ޕޭޖުގައި މިއަދު ރާއްޖޭގެ ރަށެއް ހިމަނައިފި އެވެ. 
ދުނިޔޭގައި މިއަދު ފާހަގަ ކުރަމުންދާ "އާތް ދުވަހާ" ގުޅިގެން ގޫގުލް އިން ހޯމް ޕޭޖު ބަދަލުކޮށްފައިވާއިރު ފްރަންޓް ޕޭޖުގައި ހިމަނާފައިވަނީ ރާއްޖޭގެ ށ. އެރިޔަދޫ އެވެ. މި ރަށް މީގެ ކުރިން 2010 ވަނަ އަހަރު ވެސް ފްރަންޓް ޕޭޖުގައި ހިމަނާފައިވެ އެވެ.
ގޫގުލް ހޯމް ޕޭޖަށް ގޫގުލް އިން ފޮޓޯތައް ސިލެކްޓް ކުރަނީ ދުނިޔޭގެ އެކި ގައުމުތަކުން އެންމެ ރީތި ފޮޓޯތައް ނެގުމަށްފަހު އެވެ. މި ފަހަރު ގޫގުލް ހޯމް ޕޭޖުގައި ހިމެނި އެރިޔަދޫއަކީ ގުދުރަތީ ރީތިކަން ލިބިފައިވާ ރަށެކެވެ. ޑީނަޓެއްގެ ބައްޓަމަށް އޮންނަ މި ރަށުގެ އެންމެ ހާއްސަ ކަމަކީ އެ ރަށަށް ލިބިފައިވާ އާދަޔާ ހިލާފު ގުދުރަތީ ފެހި ކަމެވެ. 
ރާއްޖޭގެ ރީތި މި ރަށް މިއަދު ދުނިޔޭގެ އެތައް މިލިއަން ބަަޔަކަށް ފެންނާނެ އެވެ. މިއީ ރާއްޖެ ދުނިޔޭގައި މަގުބޫލު ވެގެންދާނެ ކަމެކެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ