ގިނަ އަދަދެއްގެ ފަތުރުވެރިންނާއިއެކު ނޮބެލް ކެލެޑޯނިއާ ނަމަކަށް ކިޔާ ކްރޫޒްޝިޕެއް އައްޑޫސިޓީ މަރަދޫއަށް ބަނދަރުކޮށްފިއެވެ. މި ކްރޫޒް ޝިޕްގައި 100 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.
ހުކުރު ދުވަހު ހެނދުނު މަރަދޫއަށް ބަނދަރު ކުރި މި ކްރޫޒްޝިޕްއަކީ "މަންތާ ޓްރަސްޓް" ގެ އެހީގައި ރާއްޖެ އައިސްފައިވާ ކްރޫޒްޝިޕެކެވެ. މިއީ މިއަހަރު އައްޑޫއަށް ފުރަތަމަ ކްރޫޒްޝިޕެވެ. މި ކްރޫޒްޝިޕަށް މަރަދޫ ބަނދަރުން ސަޤާފީ ހަރަކާތްތަކާއިއެކު ވަނީ މަރުޚަބާ ކިޔާފައެވެ.
މި ކްރޫޒްގައި އައި ފަތުރުވެރިން ވަނީ އައްޑޫގެ އެކި ސަރަހައްދުތައް ބަލާލުމަށް ގޮސްފައެވެ. އޭގެ ތެރޭގައި އައްޑޫ ނޭޗަރ ޕާކާއި، ތާރީޚީ ބައެއް އެހެންތަންތަންވެސް ހިމެނެއެވެ.
އައްޑޫއަށް ކްރޫޒް ޝިޕެއް އައިސްފައިވާއިރު، ދާދި ފަހުން އައްޑޫގެ ފަތުރުވެރިކަމުގެ ބްރޭންޑް "ބިޔޯންޑް އައްޑޫ" ވަނީ ލޯންޗުކޮށްފައެވެ. މިއާއެކު އައްޑޫގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އައްޑޫއަށް މީގެ ކުރިން ކްރޫޒްޝިޕްތައް އާދެއެވެ. ނަމަވެސް ކޯވިޑަށް ފަހު އައްޑޫއަށް ކްރޫޒްޝިޕްތައް ޒިޔާރަތްކުރުން އެއްކޮށްހެން ވަނީ ހުއްޓިގެން ގޮސްފައެވެ.
ކްރޫޒް ޝިޕެއްގައި އައްޑޫއަށް 100 އަށްވުރެ ގިނަ ފަތުރުވެރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ