އދ. އަތޮޅަށް ދަތުރުކުރި ލޯންޗަކާއި ޓަގު ބޯޓެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނިގޮތުގައި މިއަދު ހަވީރު އެ އެކްސިޑެންޓު ހިނގީ، އެމްޕީއެލް ޖެޓީއަށް ވަންނަން އައި ޓަގު ބޯޓާއި އެ ސަރަހައްދުން ނުކުންނަން ދިޔަ ލޯންޗު ޖެހިގެންނެވެ. އެކްސިޑެންޓުގައި އަނިޔާވީ ލޯންޗު ދުއްވަން އިން ކެޕްޓަނަށެވެ.
އެކަމަކު އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ. އެނގިފައިވާ ގޮތުގައި އޭނާއަށް މާސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ.
އެ އެކްސިޑެންޓުގެ ފޮޓޯތައް ފުލުހުން އާއްމުކޮށްފައިވާއިރު، އެއިން ފެންނަ ގޮތުގައި ލޯންޗުގެ އަރިމަތިން ވަނީ ފަޅައިގެން ގޮސްފަ އެވެ. އަދި ލޯންޗުގެ ތެރެއަށް އޭގެ ކުޑަދޮރެއްގެ ބިއްލޫރިތައް ފުނޑުފުނޑުވެ، ބުރައިގެން ގޮސްފައި ވެ އެވެ.
ފުލުހުން ބުނިގޮތުގައި މި ހާދިސާ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ލޯންޗަކާއި ޓަގު ބޯޓެއް ޖެހި މީހަކަށް އަނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ