ރާއްޖެއަށް މުޅި ދުނިޔެ ޝައުގުވެރި ވަނީ، ދެވަނައެއް ނެތް ޗާލު މާޙައުލެއް އޮތުމުން- ރައީސް މެއި މަހުގެ ބިލު ބޮޑު ކަމަށް ދައްކަނީ އޭޕްރިލް މަހުގެ ބިލުގައި ޑިސްކައުންޓް ހިމަނާފައިވާތީ: ސްޓެލްކޯ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުން އެބަ ގެންގުޅެން: ނަޝީ

ކޮންމެ ޢީދަކީވެސް އުފާވެރި ހަނދާންތަކެއް، އެންމެންގެ ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިޙްތިފާލަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިލްތިމާސްކުރައްވައިފިއެވެ.
އެ މަނިކުފާނު މިގޮތަށް އިލްތިމާސްކުރެއްވެވީ އުފާވެރި އަޟްހާ އީދުގެ ތަހުނިޔާއާއި މުބާރަކްބާދު ދިވެހީންނަށާއި އިސްލާމީ އުންމަތަށް އަރިސްކުރައްވައި ފޮނުއްވި ޚިތާބުގައެވެ.
ބަރަކަތްތެރި އަޟްޙާ ޢީދުގެ ތަޙުނިޔާ ދަންނަވައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓުގައިވެސް އަދި ޚިތާބުގައި ވެސް އެމަނިކުފާނު ވަނީ، ބަރަކާތްތެރި ކޮންމެ މޫސުމެއްގައިވެސް އިޖްތިމާޢީ ރޫޙާއި އެއްބައިވަންތަކަން އާލާކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށް ބާރުއަޅުއްވާފައެވެ.
މީގެ އިތުރުން އީދުގެ ހަގީގީ ޒީނަތްތެރިކަމަކީ ދޮށީ އުމުރުގައި ތިބި މައިންބަފައިން އުފާކޮށްދިނުމާއި، އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާއި، ގާތްތިމާގެކަމާއި ރަހުމަތްތެރިކަން އިތުރަށް ބަދަހިކޮށް، ދަރީންނަށް ދައްކުވައިދޭ ރިވެތި ނަމޫނާއާއި ދޭ ނަސޭހަތްތަކުން ލިބޭ ތަސައްލީ ކަމަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި އެމަނިކުފާނު ވަނީ ދިވެހީންގެ ހިތްތަކުގައި ފަލަޞްޠީނަށް އޮތް ލޯތްބާއި، ކުލުނު ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ފަލަޞްޠީނުގެ މުސްލިމުން ކުރާ ޖިހާދުގައި ބަރަކާތް ލެއްވުމަށް އެދިވަޑައިގެން ދުޢާދަންނަވާފައެވެ. ހަމަ އެއާއެކު، އެއް މުއުމިނަކު އަނެއް މުއުމިނަކަށް އަޅައިލާ އެހީތެރިކަން ދިނުމުން އުފެދޭ ބަދަހި ގުޅުން މާތް ނަބިއްޔާ صلى الله عليه وسلم ސިފަ ކުރައްވާފައިވަނީ، ގަދަފަދަ ބިނާއެއްގެ ގޮތުގައިކަން އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވާފައިވަނީ ދިވެހި ރައްޔިތުންނަށް މިއަހަރުގެ ބޮޑު ޢީދަކީ، އަމާންކަމާއި، ބާއްޖަވެރިކަމުން ފުރިގެންވާ މުނާސަބާއެއް ކަމުގައި ލެއްވުން އެދިވަޑައިގެން ދުޢާދަންނަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ