ގައުމީ އިހުތިސާސުން ބޭރުގެ ދިރޭތަކެތީގެ ނަސްލުތަކާބެހޭ އދ ގެ އެގްރީމެންޓުގައި ރާއްޖެއިން ސޮއިކޮށްފި ގައުމީ އިހުތިސާސުން ބޭރުގެ ދިރޭތަކެތީގެ ނަސްލުތަކާބެހޭ އދ ގެ އެގްރީމެންޓުގައި ރާއްޖެއިން ސޮއިކޮށްފި

ގައުމީ އިހުތިސާސުން ބޭރުގައި ދިރިއުޅޭ ދިރޭތަކެތީގެ ނަސްލުތަކާ ބެހޭ އދ ގެ އެގްރީމެންޓުގައި ދިވެހިރާއްޖެއިން ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެންވަރަމެންޓު މިނިސްޓަރު، ތޯރިގު އިބްރާހިމް އެވެ.
ގައުމީ އިހުތިސާސުން ބޭރުގައި ދިރިއުޅޭ ދިރޭތަކެތީގެ ނަސްލުތަކާ ބެހޭ އެގްރީމެންޓަކީ އދ ގެ ލޯ އޮފް ދަ ސީ އޮން ދަ ކޮންސަވޭޝަން އެންޑް ސަސްޓެއިނެބަލް ޔޫޒް އޮފް މެރިން ބައިލޮޖިކަލް ޑައިވާސިޓީ އޮފް އޭރިއާސް ބިޔޮންޑް ނެޝަނަލް ޖުރިސްޓިކްޝަންގެ ދަށުން ޖޫން 19، 2023 ގައި އެކުލަވައިލި އެގްރީމެންޓެކެވެ.
އެ އެގްރީމެންޓަކީ އެކި ގައުމުތަކުގެ އިހުތިސާސްގެ ތެރޭގައި ދިރިނުއުޅޭ ދިރޭތަކެތި ހިމާޔަތް ކުރުމަށްޓަކައި އެކުގައި މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ އެގްރީމެންޓެކެވެ.
ބީއެންޖޭ އެގްރީމެންޓުގައި ސޮއިކުރުމަކީ ކަނޑުގެ ދުޅަހެޔޮކަމާއި ކަނޑުގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިވެހިރާއްޖެއިން ދޭ އިސްކަމުގެ ހެއްކެއް ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.
"މި އެއްބަސްވުމުގައި ސޮއިކުރުމަކީ ކަނޑުގެ ދުޅަހެޔޮކަމާއި ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް،" ތޯރިގު ވިދާޅުވި އެވެ.
ބީއެންޖޭ އެގްރީމެންޓުގައި ސޮއި ކުރުމުގެ ފުރުސަތު މި އަހަރުގެ ސެޕްޓެމްބަރު 20 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. އެ އެގްރީމެންޓަށް އަމަލު ކުރަން ފަށާނީ އޭގެ 120 ދުވަސްފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ