ވިލާ ޓްރޭޑިން އިން ހިންގަމުންދާ ވިލާ މާޓުން ކޮންމެ ބުރާސްފަތި އަދި ހުކުރު ދުވަހެއްގައި އެ ފިހާރައިން ވިއްކާ ބައެއް އުފެއްދުންތަކުން 10 ޕަސަންޓުގެ ޑިސްކައުންޓް ދޭން ނިންމައިފި އެވެ.
ވިލާ މާޓުން ހާއްސަކޮށްފައިވާ ދުވަސްތަކުގައި 10 ޕަސަންޓު ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ތާޒާ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ރޯ ކުކުޅާއި ބީފްގެ އިތުރުން ފިޔާ، އަލުވި، ލުނބޯ އަދި ކެރެޓުންނެވެ.
ވިލާ މާޓުން ބުނީ ކޮންމެ ހަފްތާ ބަންދަކާއި ދިމާކޮށް ގެއަށް ބޭނުންވާ ސާމާނު ކަސްޓަމަރުން ގަނޑުކޮށް ގަންނަކަން ފާހަގަ ކުރެވޭ ކަމަށެވެ. މިގޮތުން ހާއްސަ ދުވަސްތަކުގައި ޑިސްކައުންޓު ލިބުމުން ކަސްޓަމަރުންނަށް ހެޔޮ އަގުގައި ތަކެތި ލިބޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ.
ކޮންމެ ހުކުރު ދުވަހަކު އާންމުކޮށް ރާއްޖޭގައި މެންދުރަށް ތަފާތު ކެއުންތައް ތައްޔާރު ކުރެ އެވެ. މިގޮތުން ވިލާ މާޓުން ހުޅުވާލި ފުރުސަތު ބޭނުން ހިފައި ރޯސްޓް ކުކުޅެއް ނުވަތަ ބިރިޔާނީއެއް ތައްޔާރުކޮށްލަން ބޭނުންވާ ކަސްޓަމަރުންގެ ޖީބަށް ލުއިވާނެ އެވެ.
ވިލާ މާޓުގެ ފިހާރައެއް: އެތަނުން ކޮންމެ ބުރާސްފައްޗަކާއި ހުކުރެއްގައި 10 ޕަސަންޓް ޑިސްކައުންޓެއް ދޭން ވަނީ ނިންމާފައި -- ފޮޓޯ: ވިލާ މާޓް
އެ ފިހާރައިން އަންނަނީ ކޮލިޓީ ރަނގަޅު ކާބޯތަކެއްޗާއި ކޮސްމެޓިކްސް އަދި ގެއަށް ބޭނުންވާ ޒަރުރީ އެކި ސަމާނު ހެޔޮ އަގެއްގައި ވިއްކަމުންނެވެ. އޭގެ ތެރޭގައި އަލްމަރާއި އަދި ވެއިޓްރޯޒް ބްރޭންޑްގެ އެކި އުފެއްދުންތައް ވެސް ހިމެނެ އެވެ.
މީގެއިތުރުން ވިލާ މާޓުގެ ފިހާރަތަކުން ނެދަލޭންޑްސް އިން އެތެރެކޮށް ތާޒާކޮށް ވިއްކަމުންދާ އެސްޕަރަގަސް، ބްރަސަލްސް ސްޕްރޯޓްސް، ޝިޓާކޭ މަޝްރޫމްސް، ބްލޫބެރީ، ބްލެކްބެރީ، އެވަކާޑޯ، ޗެރީ، ވައިން ޓޮމާޓޯ އަދި ސްޕިނެޗް ވެސް ލިބެ އެވެ.
ވިލާ މާޓުން ތަކެތި ގަންނަން ބޭނުންވާ މީހުންނަށް އޮންލައިކޮށް ވެސް އެ ފިހާރައިން ގަންނަ ތަކެތި ބަލައި، އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ އެވެ. އިތުރު މައުލޫމާތެއް ބޭނުންވާނަމަ 7667711 އަށް ގުޅުމަށް އެ ފިހާރައިން އެދެ އެވެ.
ވިލާ މާޓުގެ ފިހާރަތައް މާލޭގެ އިތުރުން ހުޅުމާލޭގައި ހުރެ އެވެ. އަދި އެ ފިހާރައިން ވިއްކާ އުފެއްދުންތައް ހޯލްސޭލްކޮށް ވެސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.
ކޮންމެ ބުރާސްފަތި އަދި ހުކުރު ދުވަހެއްގައި ވިލާ މާޓުން 10 ޕަސެންޓު ޑިސްކައުންޓް ކޮންމެ ބުރާސްފަތި އަދި ހުކުރު ދުވަހެއްގައި ވިލާ މާޓުން 10 ޕަސެންޓު ޑިސްކައުންޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ