ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިގޮތަށް ފާސްކުރީ މިއަދު ކުރިއަށް ދިޔަ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ.
މިއަދުގެ ޖަލްސާގައި މި ދެ ބޭފުޅުން ސުޕްރީމް ކޯޓަށް ޢައްޔަނުކުރުމަށް ފެންނަކަމަށް ނިންމި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓުގެ މަރުހަލާ ތަޅުމުގައި ކުރިއަށް ގެންދެވުމަށްފަހު އެ ދެބޭފުޅުންގެ ނަމަށް ރުހުން އޮތްތޯ ބަލަން ވަނީ ވޯޓަށް އަހާފައެވެ.
މި ވޯޓުގައި ފަނޑިޔާރު ސަލީމާ އެއްކޮޅަށް 61 މެންބަރަކު ވޯޓު ދެއްވި އެވެ. ފަނޑިޔާރު ހަމީދާ އެއްކޮޅަށް 60 މެންބަރަކު ވޯޓު ދެއްވި އެވެ. އެ ދެ ބޭފުޅުންނާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވަ އެވެ.
މި ދެ ފަނޑިޔާރުން މަތީ ކޯޓަށް ޢައްޔަނުކުރުމަށް މަޖިލީހުގެ ތަޅުމުން ފާސްކުރީ އިދިކޮޅު އެމްޑީޕީގެ ވެސް ތާއީދާ އެކުގައެވެ. މި ދެ ބޭފުޅުން ނަން ދިރާސާ ކުރުމުގެ ކޮމެޓީ މަރުހަލާގައި ވެސް އެމްޑީޕީ މެމްބަރުންގެ ތާއީދު ލިބިފަވެއެވެ.
ފަނޑިޔާރު ސަލީމަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2022 ވަނަ އަހަރުން ފެށިގެން ސަލީމް ގެންދަވަނީ ހައި ކޯޓުގެ ފަނޑިޔާރުކަން ކުރަށްވަމުންނެވެ.
ހަމީދަކީ 2007 ވަނަ އަހަރުން 2022 ވަނަ އަހަރާ ދެމެދު ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޖޭއެސްސީގެ މެންބަރުކަންވެސް ކުރައްވާފައިވެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ސުޕްރީމް ކޯޓަށް ސަލީމާއި ހަމީދު އައްޔަންކުރަން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ